English Edition
Dhivehi Edition

ބޮޑު ތާއީދަކާއެކު އިލްޔާސް ލަބީބަށް “ދަ ޑިމޮޮކްރެޓްސް” ގެ ރިޔާސީ ޓިކެޓް ކަށަވަރުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އިލްޔާސް ރިޔާސީ ޓިކެޓް ކަށަވަރުވީ ޖުލައި 28 ވަނަ ދުވަހު ބޭއްވި ޕްރައިމަރީގައި 94 އިންސައްތަ މެމްބަރުންގެ ތާއީދާއެކުގައެވެ.

ސެޕްޓެމްބަރ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސް އިން ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ޕްރައިމަރީއަށް ހުޅުވާލުމުން އެކަމަށް ކުރިމަތިލައްވާފައިވަނީ ވެސް އިލްޔާސް އެކަންޏެވެ.

އެންމެ ކެންޑޑިޑޭޓަކު ކުރިމަތިލައިފިނަމަ، ޕާޓީގެ މެމްބަރުންގެ 10 އިންސައްތަ ތާއީދު ލިބެންޖެހޭނެކަމަށް އެ ޕާޓީގެ އަސާސީ ގަވާއިދުގައި ވަނީ ބުނެފައެވެ.

އެ ޕާޓީގެ ޕްރައިމަރީގެ ވޯޓުލުން ބާއްވާފައިވަނީ ޖުލައި 28 ވަނަ ދުވަހުގެ މެންދުރޔ 14:00 ން 18:00 އަށެވެ. އެ ވަގުތުގައި ޕާޓީގެ ރަޖިސްޓްރީގައި ތިބި 4100 މެމްބަރުންގެ ތެރެއިން، ވޯޓުލެއްވި 3208 މެމްބަރުންގެ ވޯޓު ލިބިލެއްވީ އިލްޔާސް ލަބީބަށެވެ.