English Edition
Dhivehi Edition

މާތްﷲ އަށް އީމާންވާ މީހުންނަށް އާޚިރުގައި އެކަލާނގެ ކާމިޔާބު ދެއްވާނެކަން ހަނދާން ކޮށްދީ މާތްﷲ އަށް އީމާންވެ، އެގޮތުގައި ދެމިތިބުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

ޚުތުބާގައި ވަނީ އެ މީހުންނަށް ދުނިޔޭގައި ވެސް އިއްޒަތާއި ޝަރަފާއި ގަދަރު ދެއްވާނެކަން ހަނދާންކޮށްދީފައެވެ.

“އާޝޫރާ ދުވަހުގެ މާތްކަން” މި މައުޟޫއަށް ތައްޔާރުކޮށްފައިވާ ޚުތުބާގައި ބުނީ ފިއުއައުނު ޢަރަގު ކުރެއްވި ހާދިސާއިން އެނގެނީ މާތް ރަސްކަލާންގެ އަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް ގަދަފަދަ އަޒާބުން އަޒާބު ދެއްވާ ނެތިކުރައްވާނެކަން ކަމާއި، އެހެންކަމުން ފަސާދައާއި ދެކޮޅަށް މިއަދު ތެދުވާން ޖެހިފައިވާކަމަށް ވެސް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ޢާޝުރާ ދުވަހަކީ ފިއުއައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވާ، ފިއުޢައުނާއި އޭނާގެ ލަޝްކަރު ޢަރަގު ކުރެއްވި ދުވަސް ކަމަށާއި މިގޮތުން މިފަދަ ހާދިސާތަކުގައި ގިނަގުނަވެގެންވާ ދަރުސްތަކާއި އިބުރަތްތައް ވާކަމަށް ވެސް ބުންޏެވެ.

ޚުތުބާގައި ބުނީ އޭގެ އެންމެ މުހިންމު ފިލާވަޅަކީ މާތް ރަސްކަލާންގެއަށް އީމާންވާ މީސްތަކުންނާއި، އެކަލާނގެ ނަބިއްޔުންނާއި ރަސޫލުން، ބޮޑެތި މުސީބާތްތަކުންނާއި ބަލާތަކުން ސަލާމަތް ކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމުގެ ފިލާވަޅު ކަމުގައެވެ.