English Edition
Dhivehi Edition

ކޮޅިގަނޑުގެ އަސަރު ރާއްޖެއަށް ކުރާނެ

އަވަށްޓެރި ސްރީ ލަންކާ ސަރަހައްދުގައ އުފެދިފައިވާ ބޯކޮޅިގަނޑުގެ އަސަރު ރާއްޖެ އަށް ވެސް ކުރާނެ ކަމަށް މޫސުމާބެހޭ އޮފީހުން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ އޮފީހުން ވިދާޅުވީ މިއަދު އުފެދުނު ގަދަ ކޮޅިގަނޑު ދަތުރުކުރަމުންދަނީ ހއ. އަތޮޅާއި ހދ. އަތޮޅުގެ އުތުރުން ހުޅަނގު އުތުރަށް ކަމަށެވެ. ދަތުރު ކުރަމުންދާ މިސްރާބަށް ބަލާއިރު އެ ކޮޅީގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަށެވެ.

މޫސުމާބެހޭ އިދާރާއިން ވިދާޅުވީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ. “ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަގުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަގުއުތުރުން ގަޑިއަކު 7 މޭލާ 15 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވޭ.” މޫސުމާނެހޭ އޮފީހުން ވިދާޅުވިއެވެ.

އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ އަދި އެހެން ހިސަބުތަކުގެ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ ކަމަށްލަފާކުރާ ކަމަށް އެތަނުން ބުންޏެވެ.

މި ވިއްސާރައިގައި ދޭތެރެދޭތެރެއިން ބޯކޮށް ވާރޭ ވެހި ކަނޑު ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ޖެހޭނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރައްވައެވެ.
ކަނޑު ދަތުރުފަތުރު ކުރާއިރު މޫސުމަށް ބަލައިގެން ނޫނީ ދަތުރު ނުކުރުމަށްވެސް މެޓުން ވިދާޅުވިއެވެ.

ޓެގު