ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ދެ ޖަލްސާއެއް މިއަދާއި މިރޭ ބާއްވަން ނިންމައިފި އެވެ
ޕީޕީއެމް ޕީޖީ ގުރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ އަހްމަދު ނިހާން ވިދާޅުވީ މިއަދުގެ ޖަލްސާގައި އޮތީ ބިލެއްގެ މަސައްކަތެއް ނޫނެވެ. އެކަމަކު އެޖެންޑާގައި އޮތީ ރައްޔިތުންނާ ގުޅުން ހުރި ވަރަށް މުހިންމު ކަމެއްކަމުގައި ނިންމުން ކަމުގައި ނިހާނުވަނީ ވިދާޅުވެފައެވެ. މިއަދު މެންދުރު ފަހު 2:30ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މިރޭ ވެސް ޖަލްސާއެއް ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ.
މިއަދު ޖަލްސާއެއް ބާއްވާ ކަން ޕީޕީއެމްގެ މެންބަރުންނަށް އެންގި އިރު، އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ވިދާޅުވީ މިއަދު ޖަލްސާއެއް ބާއްވާ ކަން މިހާތަނަށް އެނގިފައި ނުވާ ކަމަށެވެ