English Edition
Dhivehi Edition
ފޮޓޯ: ނިޝާން އަލީ/މިހާރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ދަރުބާރުގައި އިންސާފު އޮތްގޮތް މިއަދު ސާފުވެއްޖެކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދަާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އޭނާ އިއުތިރާފުވެފައި ވަނިކޮށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް މެޑިކަލް ބޯޑުން ހުއްދަ ދިނުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ޖަމީލު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މިހާދުވަހު އަދީބު ހުކުމް ހޭދަކުރީ ގޭގައިކަމަށާ ތިން ބިލިއަނަށްވުރެ ގިނަ ހިޔާނާތުގެ ފައިސާގެ ތެރެއިން ހޯދުނު އެންމެ ފައިސާފޮތްޗެއްވެސް ނެތްކަމަށެވެ. އަދި ދޮގު ހެކިދީ އޭނާގެ ޖޮބް އަދާކުރުމުން ފިލުވާލަނީ ކަމަށް ތުހުމަތުކޮށް ޑރ.؛ޖަމީލު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް މަޙްޝަރު ކުރެވޭނެކަން ކަށަވަރުކަމަށް ވިދާޅުވެފައެވެ.

ކުރީގެ ނައިބު ރައީސް އަދީބު ރާއްޖެ އިން ބޭރަށް ވަޑައިގެން ފަރުވާ ހޯއްދެވުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދީފައިވާއިރު 2020 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް 20 އަހަރަށް ޖަލަށްލުމަށާއި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.