English Edition
Dhivehi Edition
ފޮޓޯ:ވަގުތު އޮންލައިން

އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންނަ ބުރާސްފަތި ދުވަހުގެރޭ ދަ ޑިމޮކްރެޓްސް އަށް ސޮއިކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

“ދަ ޑިމޮކްރެޓްސް”އިން ބުނީ އެ ޕާޓީއަށް ރައީސް ނަޝީދު ސޮއިކުރައްވާ ޖަލްސާ، މި ހަފްތާގެ ބުރާސްފަތި ދުވަހުގެރޭ 8:30 ގައި އާޓިފިޝަލް ބީޗުގައި އޮންނާނެ ކަމަށާއި، ޑިމޮކްރެޓްސް އަށް ވަންނަން ބޭނުންވާ އާންމުންނަށް ވެސް އެ ފުރުސަތު އެ ރޭ އޮންނާނެކަމަށެވެ.

ސަންގު ޓީވީ”ގެ “ޚަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، މެދުހެންވޭރު ދާއިރާގެ މެންބަރު އަދި ޑިމޮކްރެޓްސްގެ މެންބަރު އަލީ އާޒިމް ވިދާޅުވީ، ނަޝީދު ސޮއިކުރައްވާ ޖަލްސާގައި ގިނަ މެންބަރުންތަކެއް އެ ޕާޓީ އަށް ސޮއިކުރާނެ ކަމަށާއި، “ފާހަގަކުރެވޭ މޫނުތަކެއް” ވެސް ޕާޓީ އަށް ސޮއިކުރައްވާނެ ކަމަށެވެ.

މެންބަރު އަލީ އާޒިމް މިހެން ވިދާޅުވެފައިވާއިރު ދަ ޑިމޮކްރެޓްސް އުފެއްދުމަށް މިދިޔަ ބުދަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ރައީސް ނަޝީދުވެސް ވަނީ ޑިމޮކްރެޓްސްއާ ގުޅިވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ.