English Edition
Dhivehi Edition
ގދ.ތިނަދޫގައި އަޅާފައިވާ ފްލެޓްތައް

ގދ. ތިނަދޫގެ ލޭންޑްޔޫސް ޕްލޭން، ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ތިނަދޫ ކައުންސިލުން އިއުލާންކޮށްފިއެވެ.

އެ ކައުންސިލުން ކުރި އިއުލާނުގައިވަނީ އެ އިދާރާއިން ފޯރުކޮށްދޭ މައުލޫމާތާއި އެގޮތަށް މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 17 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ކުރުމަށް އެދިފައެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ މި މަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 24 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 13:00 ގައި އެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.

ކައުންސިލްތަކުން އެކުލަވާލާ ލޭންޑް ޔޫސް ޕްލޭން، ޕްލޭނިން މިނިސްޓްރީ އަށް ހުށަހަޅައި ފާސްކުރުމަށް ފަހު، އެ އަށް އަމަލުކުރަން ފެށޭނީ ރައްޔިތުންނާ އެކު ބާއްވާ ބައްދަލުވުމެއްގައި އެ ޕްލޭނަށް އަމަލުކުރުމަށް ފާސްވުމުންނެވެ. އަދި އެ ޕްލޭނަށް އެއްވެސް ބަދަލެއް ގެންނަ، ކޮންމެ ފަހަރަކު ވެސް އެގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް ގާނޫނުގައިވެއެވެ.