English Edition
Dhivehi Edition

ގައުމީ ޔުނިވާސިޓީގެ ލެކްޗަރާ އަލީ ހާފިޒް ގައިގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން ޖެހި އެކްސިޑެންޓުވި މީހާގެ ބަންދަށް ފަނަރަ ދުވަސް ޖަހާފައިވާއިރު އެ އެކްސިޑެންޓްގައި ހާފިޒްގެ މައްސަލަވެސް އުޅޭކަމަށް ސައިކަލް ދުއްވި މީހާ ބުނެފިއެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ފަތިސް ނަމާދުން ފައިބައިގެން ވަޑައިގަންނަވަނިކޮށް ހަފީޒްގެ ގައިގައި ސައިކަލުން ޖެހި ހިނގި އެކްސިޑެންޓުގެ މައްސަލާގައި ހައްޔަރުކޮށްފައި ޝަމްއާން އަބްދުއްޝަކޫރު، 22 އަހަރެވެ.

ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވާއިރު، އޭނާގެ ބަންދު އަމުރުގައިވަނީ ޝަމްއާންގެ ގާނޫނީ ވަކީލާ ހަވާލާދީ ބުނެފައިވަނީ ހާދިސާ ހިނގިކަމާ މީހަކަށް އަނިޔާވިކަމާ މެދު ޝަމްއާން އިއުތިރާޒް ނުކުރާ ކަމަށެވެ. މީގެ އިތުރުން ޝަމްއާންގެ ވަކީލުވަނީ ހާދިސާ ހިނގިކަމާ މެދު އެއްބަސްވި ނަމަވެސް، އެކްސިޑެންޓުވީ މަގު ހުރަސްކުރަން ކަނޑައަޅާފައިވާ ކަފިހިހުރަސް މަތިން ދަނިކޮށް ޖެހިގެން ނޫން ކަމަށެވެ.

މީގެ އިތުރުން މި މައްސަލައިގައި ޝަމްއާންގެ ވަކީލުވަނީ ތުހުމަތުކުރާ ގާނޫނީ މާއްދާތަކަށް ބަލާއިރު ތުހުމަތަކީ ގާނޫނީ ބޮޑު ކުށެއް ނޫން ކަމަށާ އެހެންވެ ޝަމްއާން ކަފާލާތުގެ ދަށުން ދޫކޮށްދޭން އެދިވަޑައިގެންފައެވެ.

މި މައްސަލައިގައި ފުލުހުން ވަނީ ޝަމްއާނަކީ ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށް ބުނެފައެވެ. އަދި އޭނާގެ އަތުގައި ވެހިކަލް ދުއްވުމުގެ ލައިސަންސް ނެތް އިރު ބާރު ސްޕީޑްގައި ސައިކަލް ދުއްވި ކަމަށް އެއްބަސްވެފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި ކޯޓުން ވަނީ ކަފާލާތުގެ ދަށުން އޭނާ ދޫނުކުރުމަށް ނިންމާ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކޮށްފައެވެ.