English Edition
Dhivehi Edition

ހއ.އަތޮޅުން ފެށިގެން ލ.އަތޮޅަށް މޫސުން ގޯސްވެ، ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނޭކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އެ ސަރަޙައްދަށް ހުދު ސަމާލު ނެރެފިއެވެ.

އަދި ކޮޅިގަނޑުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދު ބާރުމިނެއްގައި ވައިގަދަވާނޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނޭ ކަމަށް ވެސް އެ އިދާރާ އިން ލަފާކޮށްފައިވެއެވެ.

އަދި ކަނޑުތައް ގަދަވާނޭ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މި ސަރަޙައްދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 5:45 އިން މިރޭ 11:45 އަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވައި ގަދަވެ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.