ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އަހްމަދު ރިޒާ (ކްރިކް ރިޒާ) މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުންވެސް ކެންސަލް ކޮށްފިއެވެ.
މިއަދުގެ އަޑުއެހުން ކެންސަލްކޮށްފައިވަނީ ދައުވާ ލިބޭ ކްރިކް ރިޒާ ބަލިވެ އުޅޭތީއެވެ. މިއީ މި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ކެންސަލް ކުރި ހަތަރުވަނަ ފަހަރެވެ.މިދިޔަ މަހުގެ 19 ވަނަ އަދި 20 ވަނަ ދުވަހަށް ތާވަލް ކުރި އަޑުއެހުމުގެ އިތުރުން މިދިޔަ އާދީއްތަ ދުވަހުގެ ޝަރީއަތުގެ އަޑުއެހުންވެސް ވަނީ ކެންސަލްކޮށްފައެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކުރާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ މައްސަލަ އާއި އެކު ކުރިއަށް ދާ ކްރިކް ރިޒާގެ މައްސަލައިގައި އޭނާގެ މައްޗަށް ވަނީ ރިޝްވަތު ހިފުމުގައި މެދުވެރިޔަކަށްވުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.