English Edition
Dhivehi Edition
ފޮޓޯ: މިހާރު

އައްޑޫގައި ހުކުރު ނަމާދަށް ފަހު އަނިޔާވެރިކަމާ ދެކޮޅަށް ދުޢާކޮށްގެން ހައްޔަރުކުރި އަހުމަދު ފަރްހާންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ހުކުމް އިއްވުން މިއަދަށް ތާވަލް ކޮށްފިއެވެ

މިދިޔަ އަހަރު އޯގަސްޓް 12 ވަނަ ދުވަހު ފުލުހުން ފަރްހާން ހައްޔަރު ކުރީ ހިތަދޫ ފަޒާ މިސްކިތުގައި ހުކުރު ނަމާދަށް ފަހު ދުއާ ކުރަން ހުއްޓައެވެ. ފަރުހާނުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީީ ޤާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ޤަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ.މި ދައުވާ ސާބިތުވެއްޖެ ނަމަ ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމެވެ

މިއަދު މެންދުރުފަހު 14:15 ގައި ހިތަދޫ މެޖިސްޓްރޭޓު ކޯޓުގައި ކުރިއަށްދާ މި މައްސަލައިގެ ހުކުން އިއްވުމާއި ގުޅޭ ގޮތުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ދުއާކުރުމާއި ދެކޮޅަށް ދައުވާކުރާ ސަރުކާރެއް ލާދީނީ ނުވާނެ ގޮތެއް ވިސްނިވަޑައި ނުގަންނަވާކަމަށެވެ. މިއަދު ރޮޒައިނާ ކުރެއްވި ޓުވިޓެއްގައި ރޮޒައިނާވަނީ މާތް ރަސްކަލާނގެ އާއި އިންސާނަކާ ދެމެދަށް އެހެން އިންސާނަކަށް ވެދެވޭނެތޯ ވިދާޅުވެ ސުވާލު އުފައްދާފައެވެ. މީގެ އިތުރުން އޮޒައިނާ ވިދާޅުވީ މި މައްސަލައިގައި ދީނީ އިލްމުވެރިން އެއްޗެއް ބުނަންޖެހޭ ކަމަށެވެ