English Edition
Dhivehi Edition

އައްޑޫ ސިޓީ ކައުންސިލުން ‘އައްޑޫ އީދި ސަމާ’ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ‘ދުންމާރި ޝޯ’ ގެ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

ހިތަދޫ ސްޓޭޖް ސަރަހައްދުގައި ބާއްވާ މި ޝޯގައި ސޮނީ ޓީވީ އިން ގެނެސްދޭ ރިއަލިޓީ ޝޯ “ސުޕަސްޓާ ސިންގާ 2” ކާމިޔާބުކުރި މުހައްމަދު ފައިޒް ގެ އިތުރުން މަރިޔަމް އަޝްފާ، މޯލްޑިވިއަން އައިޑަލްގެ ސީޒަން އެކަކުން ވިދާލި އަޒްލީފާ، އައިޑަލް ސީޒަން ތިނަކުން ވިދާލި ޝަމްވީލް (ބަރޯ) އަދި މެޒޯ މޯޑުގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ. މީގެ އިތުރުން މި ޝޯގައި ބްލެކް ޕާލް އާއި ވައިޓް ޓާންގެ ފުރިހަމަ ހުށަހެޅުންތަކެއް ފެނިގެންދާނެއެވެ.

މިރޭ 8 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މި ޝޯ ފޯރިގަދަކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން މިރޭ އައްޑޫ ސިޓީ ހިތަދޫގައި ހަވާއެރުވުމަށް ނިންމާފައިވާއިރު ރޭ އެ ސިޓީގެ މަރަދޫގައިވެސް ވަނީ ހަވާއަރުވާފައެވެ.

މިއަހަރުވެސް އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން އެ ސިޓީގެ އެކި އަވަށްތަކުގައިވަނީ ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.