English Edition
Dhivehi Edition

ޒުވާން ލަވަކިޔުންތެރިޔާ ބަތޫލް އަހްމަދު އެމްޑީޕީއާއި ގުޅިއްޖެއެވެ.

އޭނާ އެމްޑީޕީ އަށް ސޮއިކޮށް، މެމްބަރުޝިޕް ފޯމު ހަވާލުކޮށްފައިވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހާއެވެ. އޭނާ ސޮއިކޮށްފައި ވަނީ ރައީސް ސާލިހު، އެމަނިކުފާނުގެ އުފަން ރަށް ހިންނަވަރަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ރައީސް ޞާލިހުގެ ގޭގައި ބޭއްވި ސޮއި ކުރުމުގެ ކުޑަހަފުލާގައި ބަތޫލްގެ އިތުރުން އެހެން ބައެއް ފަރާތްތައް ވެސް އެމްޑީޕީ އަށް ގުޅިފައިވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ސްކޫލް ދައުރުގައި ހުށަހަޅައިދިން ލަވަތަކާއެކު އޭނާގެ ހުނަރުވެރިކަން އާންމުންނަށް ފާހަގަކުރެވުނުއިރު، އޭނާ ވަނީ ބައެއް ޝޯވތަކުގައި ވެސް ލަވަ ކިޔާ، މަގުބޫލުކަން ހޯދާފައެވެ.

ބަތޫލް ހިންނަވަރަށް މިއަހަރު ދިޔައީ އެރަށުގައި އީދު ފާހަގަކުރުމަށް ބޭއްވި ޝޯވ ގައި ބައިވެރިވުމަށެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީގެ ފަރާތުން އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކެމްޕެއިން ދަތުރުތައް އީދު ބަންދަށްފަހު ފަށްޓަވާނެކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ރައީސްގެ އަމާޒަކީ ރިޔާސީ އިންތިޚާބުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުން ކަމަށް ވެސް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

ޓެގު