English Edition
Dhivehi Edition

ގއ. ވިލިނގިލި އީދު ފާހަގަކުރުމަށްޓަކައި ރާވާފައިވާ އީދު ހަރަކާތްތަކުގެ ތެރެއިން ރޭގެ ޝޯގައި ގއ. ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރ އިން ގެނެސްދިނީ ވަރަށް މުހިއްމު މެސެޖެއް ޑެލިވަރ ކޮށްދޭ ޑްރާމާއެކެވެ.

މި ޑްރާމާއިން ދައްކުވައިދިނީ އުމުރުން 13 އަހަރުގެ އަންހެން ކުއްޖެއްގެ ދިރިއުޅުމަށް އަންނަ ބަދަލުތަކެވެ. ތިމާގެ ދަރި ތިމާއަށް ދޮންފުތުވުމާއި، އެކި އެކި ދުވަސް މަތިން ދަރިފުޅު މަންމަ ކައިރިން އެކި ކަންކަމުގައި ލާރި ހޯދުމުގެ އިތުރުން މަންމަގެ ވޮލެޓުން އިން ވައްކަންކޮށް ލާރި ނަގައިގެން ވޭޕް ފްލޭވަރ ގަތް މަންޒަރުވެސް ވަނީ ދައްކުވައިދީފައެވެ.

އަދި މީގެ އިތުރުން، މުޖުތަމައު ތެރޭގައި އުޅޭ ހަރު އުމުރުގެ އަންހެނުން އެ ބޭނުންކުރާ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއަރ އަށް އަޕްލޯޑް ކޮށް ކުއްޖާ ފަޟީހަތް ކޮށްލުމުގެ ބަދަލުގައި ކުއްޖާގެ މަންމައަށް އެ މަންޒަރު ދައްކުވައިދީ ފަރުދީ ޒިންމާ އަދާކުރި ރިވެތި ގޮތްވެސް މި ޑްރާމާއިން ވަނީ ފެނިގެން ގޮސްފައެވެ. އަދި ހަމައެހެންމެ، ވޭޕް ބޭނުންކުރުމުގެ ސަބަބުން ސިއްޙަތަށް ލިބޭ ނޭދެވޭ ގެއްލުން ވަރަށް ތަފްސީލުކޮށް ސިއްޙީ ދާއިރާގެ ތަޖުރިބާކާރު ކަނބަލެއް ލައްވައި ވަނީ ގެނެސްދީފައެވެ.

ގއ. ވިލިނގިލި އީދު ކުލަގަދަކޮށް ފާހަގަކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން 75 ފޫޓުގެ އުސް އީދު މަޅިއެއް ތައްޔާރުކޮށް ރޯކުރުމުގެ އިތުރުން އަވަށްތަކުގެ މެދުގައި ބާއްވާ ކުޅިވަރު ތަކާއި، އަވަށްތަކުގެނެށުމުގެ ހަރަކާތްތަކުގެ އިތުރުން މަޝްހޫރު ގޮމަ ގުރޫޕްގެ ނެށުމުގެ ހަރަކާތްތަކާއި، ބޮޑުބެރު އަދި ވިލިނގިލީގެ ޒަމާންވި ބޮމް ބޮމް މިޔުޒިކް ޓީމްގެ ފަރި ލަވަތައް މިޢީދުގައި ފެނިގެންދާނެވެ.