English Edition
Dhivehi Edition

އަރަފާތު ދުވަހަކީ މާތްﷲ މި އުންމަތަށް ލައްވާފައިވާ އެންމެ މާތް ދުވަސްތަކުގެ ތެރެއިން އެއް ދުވަހެވެ. އަދި އެ ދުވަހެއްގެ ހެޔޮ ހަބަރު ކީރިތި ގުުރުއާނުގައި އެކަލާންގެ ވަހީކުރައްވާފައިވެ އެވެ. މި އަހަރުގެ އަރަފާތު ދުވަހަކީ، މި ހަފްތާގެ އަންގާރަ ދުވަސްކަމުގައިވާ ޖޫން މަހުގެ 27 ވަނަ ދުވަހެވެ.

އަރަފާތު ދުވަހުގެ ދަރުމަ ހޯދުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި އެދުވަހުގައި ފޯދަ ހިފުމާއި ދުޢާކުރުން ގިނަކުރުން ހިމެނެއެވެ.

އަރަފާތު ދުވަހު ރޯދަ ހިފުމީ، އިސްވެދިޔަ އަހަރާއި، އަންނާން އޮތް އަހަރުފެ ފާފަ ފުއްސަވާނޭ ކަމެކެވެ. އަދި ރޯދަ ހިފުމާއިއެކު، ހެޔޮ އަމަލްތައް ކުރުންމަތީ އެ ގަސްތުގައި ދެމިހުރުމަކީވެސް މުހިންމު ކަމެއް ކަމުގައި ޝެއިޚް ނިމާލް ފާހަގަކުރެއްވި އެވެ.

ޞަޙީޙު މުސްލިމުގައި އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔައް ﷲ ޢަންހާގެ އަރިހުން ރިވާވެގެންވެ އެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ.

ما من يوم أكثر من أن يعتق الله فيه عبدأ من النار من يوم عرفة، وإنه ليدنو ثم يباهي بهم الملائكة فيقول: ما أراد هؤلاء؟

” މާނައީ: “ޢަރަފާތްދުވަހަށްވުރެ ގިނައިން އަޅުތަކުން ނަރަކައިން މުއްތިކުރައްވާ ދުވަހެއް ދުވަސްތަކުގެ ތެރޭގައި ނުވެއެވެ. އެދުވަހުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ކުއްތަންވެވޮޑިގެން އެކަލާނގެ މަލާއިކަތުންނަށް ޢަރަފާތުގެ އަހުލުވެރިންނާމެދު އެކަލާނގެ ފަޚުރުވެވޮޑިގަންނަވާނެތެވެ. އަދި ވަޙީކުރައްވާނެތެވެ. އެމީހުން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟”

ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވި ހަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ޢަރަފާތް ދުވަހަށްވުރެ، ގިނައިން ﷲ އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ”. އެހެންކަމުން އެދުވަހުގެ މާތްކަމާއި މަތިވެރިކަން މި ހަދީޘް ބަސްފުޅުންވެސް ހާމަވެ އެވެ.