English Edition
Dhivehi Edition
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް - ފޮޓޯ: ޔޫސުފް ސޮފްވާން ރަޝީދު

ރާއްޖެއަށް ލިބުނު ކަނޑުގެ ސަރަހައްދުގައި ކުރެވޭނެ އިގުތިސާދީ ކަންކަން ބަލާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމުމާއި ގުޅިގެން ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ ރާއްޖެއަށް އެއްވެސް އިރެއްގައި 200 މޭލު ކަނޑައެޅިފައިނުވާ ކަމަށެވެ. އަދި ރާއްޖެއަށް 12 މޭލުގެ ބޭރުން ސަރަހައްދެއް ލިބިގެންދިޔައީ އަދި ކިރިޔާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މީގެއިތުރުން ފައްޔާޒް ވިދާޅުވީ ރާއްޖޭގެ ބައެއް ނުގެއްލޭ ކަމަށާއި އަލަށް ލިބުނު ސަރަހައްދުގެ ސަބަބުން އެ ސަރަހައްދުގައި ދާ އެޅުން ހުއްޓުވޭނެކަމަށެވެ. މީގެ ކުރިން ދެކުނުގައި 24 މޭލާ ހިސާބަށް ކޮންމެ ގައުމަކުން ދާ އަޅަމުން ދާކަން ފާހަގަކޮށް ފައްޔާޒް ވިދާޅުވީ އޭރު އެކަމާ ކުރެވޭނެ އެއްވެސް ކަމެއް ނެތްކަމަށެވެ. “އެކަމަކު މިއަދުން ފެށިގެން 25 މޭލާ ހިސާބުން ދެނެއް ދަލެއް ނޭޅޭނެ” ފައްޔާޒް ވިދާޅުވިއެވެ.