އެމްޑީޕީގެ ރައީސް, ރައީސް މުހައްމަދު ނަޝީދު އެމްޑީޕީން ވަކިވުމަކީ ލިބުނު ހިތާމައެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ޑިމޮކްރެސީ ތައާރަފްކޮށް އެމްޑީޕީ އުފެއްދާ މިހާ ހިސާބަށް ޕާޓީ ގެނައުމުގައި އެންމެ އިސް ދައުރެއް އަދާ ކުރެއްވި ރައީސް ނަޝީދު އެ ޕާޓީން އިސްތިއުފާ ދެއްވީ މިއަދުގައެވެ،
އެކަމާ ގުޅިގެން ފައްޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދަކީ ވަރަށް ހިތާމަވެރި ދުވަހެއް ކަމަށާއި ނަމަވެސް، ރައީސް ނަޝީދުގެ އެ ނިންމުމާއެކު އެހެން ޕާޓީތަކަށް އެ ޕާޓީތަކުން ބޭނުންވާ މަގުން ދިއުމަށް މިއަދު އެ އުޅެނީ ފާލެއް ކަމަށެވެ.
މީގެ އިތުރުން ފައްޔާޒް ވަނީ ރައީސް ނަޝީދު އެމްޑީޕީގައި ހުންނަވައިގެން އެމްޑީޕީއަށް ލިބުނު ކާމިޔާބީ އާއި އެމްޑީޕީއާއެކު ސާބިތުވެ ހުންނެވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި އެ ޕާޓީގެ މެމްބަރުންގެ ފަރާތުން ފައްޔާޒު ވަނީ ރައީސް ނަޝީދަށް އަބަދުވެސް ކާމިޔާބީއެއް އެދޭކަމަށް ވިދާޅުވެފައެވެ.