ރަޝިއާގެ ބެލުމުގެ ދަށުގައި އޮންނަ ޗެޗްނިޔާގެ ލީޑަރު ރަމްޒާން ކަދީރޯވް އިސްތިއުފާ ދޭން ތައްޔާރު ކަމަށް ވިދާޅުވެއްޖެއެވެ.
ކަދިރޯވް އިސްތިއުފާ ދޭން ނިންމާފައި ވުމާއެކު އެ ސަރަހައްދުގެ އައު ލީޑަރަކަށް މީހަކު ހޮވުމަށް ކުރެމެލިން އަށް މިހާރު ވަނީ ޖެހިފައެވެ.
ޓީވީ އަކަށް ދިން އިންޓަވިއު އެއްގައި ކަދިރޯވް ގާތުން އެނާ އިސްތިއުފާ ދީފާނެ ތޯ އެހުމުން އެނާ ވިދާޅުވީ “އެއް އިރެއްގައި އަހަރެން ކަހަލަ މީހުން ހަނގުރާމަ ކުރަން ޖެހުނު. އެހީ ސުލްހަ މަސަލަސް ކަން ގެނައުމަށް. ނަމަވެސް މީހާރު އެކަން އެބަ އޮތް. އެހެން ކަމުން މިއީ ބަދަލު ތަކެއް އަންނަންވީ ވަގުތު” އެވެ.
އެނާގެ ފަހުން އަންނަ މީހަކާ މެދު ސުވާލު ކުރުމުން އެނާ ވިދާޅުވީ މިއީ ސްޓޭޓް ލީޑާޝިޕެއް ކަމުގައެވެ. އަދި އެނާ ނެތަސް މިކަން އެންމެ ރަންގަޅަށް ކުރުމުގެ ޤާބިލް ކަން ހުރި އެތަށް ބަޔަކު އެބަ ތިބި ކަމަށެވެ. ނަމަވެސް އެނާ އެއީ ކޮން ބަޔެއް ކަން ވިދާޅު ނުވެއެވެ.
ކަދިރޯވް އިސްއިތިއުފާ ދޭން ނިންމާފައިވާއިރު ކަދިރޯވްގެ މައްޗަށް ވަނީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބޮޑެތި ތުހުމަތު ތަކެއް ވެސް ކޮއްފައެވެ. އޭގެ ތެރޭގައި އެނާއާއި އިދިކޮޅު ފަރާތްތަށް ހައްޔަރު ކޮށް އަނިޔާވެރިވެ އަދި އާންމުނަށް އަނިޔާވެރިވާ ކަމަށް ތުހުމަތު ކުރެވެއެވެ. އަދި މީގެ އިތުރުން އެނާގެ ސިޔާސީ ނިންމުން ތަކަށް ވެސް ފަނީ ފާޑު ކިޔުން އަމާޒު ވެެފައެވެ.
ކަދިރޯވް އަކީ 2007 ވަނަ އަހަރުން ފެށިގެން ޗެޗްނިޔާގެ ލީޑަރު ކަން ކުރަމުން އަންނަ މީހެކެވެ. މިދިޔަ އަހަރު މެދު ތެރޭ ރަޝިއާގެ ރައީސް ވްލެޑްމީއާރ ޕޫޓިން ވެސް ވަނީ އެނާ އަށް ތާއިދު ކޮއްފައެވެ. އަދި ރަޝިއާގެ ފަރާތުން ޗެޗްނިޔާ ސަރަހައްދު ބެލެހެއްޓުން ޝަރުތެއްގެ މަތިން އެނާ އާއި ވަނީ ހަވާލު ކޮއްފައެވެ. މި ޝަރުތަކީ މި ސަރަހައްދުގައި ހިނގަންވާނީ ރަޝިއާގެ ޤާނޫނު ކަމުގައެވެ.
ޗެޗްނިޔާ ވަނީ މީގެ ކުރިން ސަރުކާރު ސިފައިންނާ ވަކި ވެގަތުމަށް މަސައްކަތް ކުރާ ހަނގުރާމަ ވެރިންނާ ދެ ބުރެއްގެ މަތިން ހަނގުރާމަ ކޮއްފައެވެ. ނަމަވެސް ރަޝިއާގެ އެހީގެ ދަށުން މި ސަރަހައްދު އަލުން ބިނާ ކުރެވުނެވެ. އަދި މީއީ ރަޝިއާ ދަށުގައި އޮންނަ އެންމެ ބޮޑަށް ސަަބްސިޑައިޒް ސަރަހައްދެވެ.