މިވެރިކަން ބަދަލުކުރުމަށް އަރަން ޖެހޭ ކޮންމެ އޮޑިއަކަށްވެސް އަރަން ޖެހޭ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ދިވެހިރާއްޖޭގެ މުސްތަގްބަލަށްޓަކައި މިވެރިކަން ބަދަލުކުރަން ޖެހޭކަމަށާ އެކަން ކުރެވޭނީ ވެރިކަން ބަދަލުކުރުމުގެ ރޫހުގައި ތިބި އެންމެން އެކީގައި މަސައްކަތް ކޮށްގެން ކަމަށެވެ.
ވަސީލަތްތައް މަދު، ފުދުންތެރިކަން ނެތް އާބާދީ ކުޑަ މީގެ ކުރީގެ ޒަމާންތަކުގައި ވެސް ދިވެހިން ދިރިއުޅުނީ މާ އުފާވެރި ދިރިއުޅުމެއް ކަން ފާހަގަކޮށް އަދުރޭ ވިދާޅުވީ އޭރު މި ގައުމުގައި އަމިއްލަ ވަންތަކަމެއް އޮތް ކަމަށެވެ. އެ އަމިއްލަވަންތަކަމުގެ ސަބަބުން ދިވެހިން ތިބީ އަމިއްލަ ފައިމައްޗަށް ތެދުވެ، އެހެން ބައެއްގެ މައްޗަށް ބަރޯސާ ނުވެ އަމިއްލަ ވެރިކަމެއް ގާއިމުކޮށްގެންކަމަށް އަދުރޭ ވިދާޅުވިއެވެ. އެހެންނަމަވެސް މިއަދު އެކަން ތަފާތުކަމަށާ އަމިއްލަ ވަންތަކަން އިހްސާސް ނުވާކަމަށް އަދުރޭ ވިދާޅުވިއެވެ،
މިވެރިކަން ބަދަލުކުރުމަށް އަރަން ޖެހޭ ކޮންމެ އޮޑިއަކަށްވެސް އަރަން ޖެހޭ ކަން ފާހަގަކޮށް އަދުރޭ ވިދާޅުވީ އޭގެ މާނައަކީ ‘މި އޮޑި’ ދޫކޮށް އެހެން އޮޑިއަކަށް އެރުން ނޫންކަމަށެވެ. ” މި އޮޑި ކާމިޔާބުކަމާއެކީގައި މަންޒިލަށް ވާސިލްވުމަށްޓަކައި އަމާން ގޮނޑު ދޮށަކަށް ގޮނޑުކުރުމަށްޓަކައި މި އޮޑިއަށް ލާން ޖެހޭ ކޮންމެ ފަޅުވެރިއަކުލުން” އަދުރޭ ވިދާޅުވިއެވެ.