English Edition
Dhivehi Edition
ފޮޓޯ: އަދަދު ސްޕޯޓްސް

މޯލްޑިވްސް ބޮޑީ ބޯޑިންގ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ބޭއްވި، “ބުރުނު ޝިކާރު ބޮޑީ ބޯޑިންގ ޗެލެންޖް 2023”ގެ ޗެމްޕިއަންކަން އަޝްރަފް ހަސަން (ކާއްޓޭ)، އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އަދި އާމިން އުމަރު މޫސާ ހޯދައިފިއެވެ.

މިމަހުގެ 18އިން 20އަށް ލޮނުޒިޔާރަތްކޮޅު ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ކުރިޔަށް ގެންދިޔަ މި މުބާރާތުގައި މެންސް އޯޕަންގެ ފައިނަލުގައި ވާދަކޮށްފައިވަނީ އަޝްރަފް ހަސަން، ކުޑަ އައްޔަ، އާމިން އަދި އަލީ ޝާމް ރާފިއުއެވެ. އަދި އަޝްރަފް އެ ކެޓެގަރީއިން އެއްވަނަ ހޯދައިފައިވަނީ 14.16 ޕޮއިންޓު ހޯދައިގެންނެވެ. 2 ވަނަ ހޯދި ކުޑަ އައްޔަށް 13.50 ޕޮއިންޓު ލިބުނު އިރު އާމިން އަށް ތިން ވަނަ ލިބފައިވަނީ 13.20 ހޯދައިގެންނެވެ. އަދި ހަތަރު ވަނަ ލިބުނު ޝާމްއަށް ލިބުނީ 12.60 ޕޮއިންޓެވެ.

ޖޫނިއަރ ބައިގެ ޗެމްޕިއަންކަން އާމިން 10.40 ޕޮއިންޓުން ހޯދައިފައިވާއިރު ދެވަނަ ލިބިފައިވަނީ މިދިޔަ އަހަރުގެވެސް ޖޫނިއަރ ބައިގެ ދެވަނަ ހޯދައިފައިވާ އިޔާން އަހުމަދަށެވެ. އޭނާއަށް ދެވަނަ ލިބުނީ 9.26 ޕޮއިންޓުންނެވެ. ތިންވަނާގައި ނިމުނު ކައިފްއަށް ލިބިފައިވަނީ 8.90 ޕޮއިންޓެވެ.

ޑްރޮޕް ނީގެ ބައިން ކުޑަ އައްޔަ 7.40 ޕޮއިންޓު ހޯދައި ޗެމްޕިއަންކަން ހޯދައިފައިވާއިރު އޭނާ ވަނީ ތަށި ދިފާއުކޮށްފައެވެ.

ގައުމީ ބޮޑީބޯޑިންގ ލީގުގެ މި އަހަރުގެ ދެވަނަ އިވެންޓަކީ ފުވައްމުލަށް ބޮޑީބޯޑިންގ ޗެލެންޖެވެ. މި އިވެންޓު އޮންނާނީ ސެޕްޓެމްބަރުގައެވެ.