English Edition
Dhivehi Edition

އިނގިރޭސި ޕްރިމިއަ ލީގުގައި ރޭ ވާދަވެރި ދެކުލަބް ކަމުގައިވާ ލިވަޕޫލް އާއި ޗެލްސީ ބައްދަލު ކުރި މެޗުގއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޗެލްސީގެ ވިލިއަން ކާމިޔާބު ކުރި ގޯލުން ޗެލްސީންއިން ލިވަޕޫލާ އެއްވަރުވި އިރު މެންޗެސްޓާ ޔުނައިޓެޑުން ބްރިޓަން އަތުން އުނދަގޫ މޮޅެއް ހޯދައިފި އެވެ

ރޭ ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗު ޗެލްސީއިން އެއްވަރު ކޮށްފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުން ދިޔަ ލިވަޕޫލްއިން ލަނޑެއް ޖަހާފައިވަނިކޮށް މެޗުގެ ނިމެން ފަސް މިނިޓްއަށް ވެފައިވަނި ކޮށް ބްރެޒިލްގެ ވިލިއަމްސް ޗެލްސީއަށް ކާމިޔާބުކޮށްދިން ލަނޑުންނެވެ

ރޭ ކުޅުނު ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ރަށުން ބޭރުގައި ކުޅުނު މެޗުން ބަލިވި މެންޗެސްޓަރ ޔުނައިޓެޑުން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 1-0 އިން މޮޅުވެފައެވެ.

މެންޗެސްޓާ ޔުނައިޓެޑުން ވަނީ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ފަސް ޕޮއިންޓަށް ގާތްކޮށްފަ އެވެ. ސިޓީ 12 މެޗުން 34 ޕޮއިންޓާ އެކު ލީގުގެ އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތް ޔުނައިޓެޑަށް 13 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ.މިރޭގެ މެޗުން ލިވަޕޫލާ އެއްވަރުވެ ޗެލްސީ ލީގުގެ ތިން ވަނައިގައި އޮތީ 13 މެޗުން 26 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތީ މިރޭ އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމްއާ 1-1 އިން އެއްވަރުވި ޓޮޓެންހަމް ހޮޓްސްޕާސް އެވެ. ލިވަޕޫލް އޮތީ 13 މެޗުން 23 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ.