English Edition
Dhivehi Edition
ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިން ފުވައްމުލައް ސިޓީ ކައުންސިލާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ބޭއްވުނު މި ބައްދަލުވުމުގައި ޗައިނާ ސަފީރު ވަނީ ފުވައްމުލަކުގެ ރައްޔިތުންނަށް ޗައިނާގައި އޮތް ފުރުސަތުތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ. އެގޮތުން ތަފާތު މަސައްކަތުގެ ދާއިރާތަކުގެ އިތުރުން ވިޔަފާރީގެ ދާއިރާއިން ހުރި ފުރުސަތުތަކާއި ބެހޭގޮތުން ކައުންސިލަށް ޗައިނާ ސަފީރު ވަނީ މައުލޫމާތު އަރުވާފައެވެ.

ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް

މީގެ އިތުރުން ފުވައްމުލަކާއި ބެހޭގޮތުން ވެސް ޗައިނާ ސަފީރަށާއި އެމްބަސީގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކަށް ފުވައްމުލައް ސިޓީ ކައުންސިލުންވަނީ މައުލޫމާތު އަރުވާފައެވެ. އެގޮތުން ފުވައްމުލަކުގައި ހުރި ތާރީޙީ ތަންތަނާއި ފުވައްމުލަކުގައި މިހާރު ކުރިއަށްދާ މަޝްރޫއުތަކާއި ބެހޭގޮތުން ޗައިނާ ސަފީރަށް މި ބައްދަލުވުމުގައި މައުލޫމާތުއަރުވާފައިވެއެވެ. މި ބައްދަލުވުމަށްފަހު ޗައިނާ ސަފީރު ވަނީ ބައްދަލުވުމުގެ ބައިވެރިންނާއި އެކު ފުވައްމުލައް ސިޓީގެ އެކި ސަރަހައްދުތައް ބައްލަވާލައްވަން ޒިޔާރަތްކުރައްވާފައެވެ. މީގެ އިތުރުން ފުވައްމުލަކުގައި މިވަގުތު ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ސަރަހައްދުތައްވެސް ސަފީރުވަނީ ބައްލަވާލައްވައިފައެވެ.

ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީ ކައުންސިލުގެ މީޓިންގް ރޫމުގައި މިއަދު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއިލް ރަފީގް، ކައުންސިލަރުން އަދި ކައުންސިލުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ފޮޓޯ: ފުވައްމުލަކު ސިޓީ ކައުންސިލް

ފުވައްމުލަކަށް ޗައިނާ ސަފީރު ވަޑައިގެންނެވީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. އެގޮތުން ޗައިނާ ސަފީރުގެ ދަތުރުފުޅުގެ އެންމެ ފުރަތަމަަ ކަމެއްގެ ގޮތުގައި އިއްޔެ ވަނީ ފުވައްމުލަކު ހޮސްޕިޓަލުގައި އިއްޔެ ކުރިއަށް ގެންދިޔަ ‘ޗައިނީސް އޮފްތަލްމިކް މެޑިކަލް އެކްސްޕާޓްސް ބްރައިޓް ޖާނީ’، ލޮލުގެ ބަލިތަކާއި ގުޅުންހުރި މެޑިކަލް ކޭމްޕް އިފްތިތާހްކޮށްދެއްވާފައެވެ.