English Edition
Dhivehi Edition

ފަހު ވަގުތު އިޓަލީ ބަލިކޮށް، ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުން ސްޕެއިން ޖާގަ ހޯދައިފިއެވެ.

ސްޕެއިން ފައިނަލުން ޖާގަހޯދީ 2-1 ގެ ނަތީޖާއިން އިޓަލީ ބަލިކޮށްގެންނެވެ.

ރޭގެ މެޗު ފަށައިގެން ތިންވަނަ މިނެޓުގައި ސްޕެއިންއިން މެޗުގެ ލީޑް ނެގިއެވެ. ސްޕެއިން އަށް މެޗުގެ ލީޑް ހޯދައިދިނީ ޔެރެމީ ޕިނޯއެވެ.

ސްޕެއިން އިން މެޗުގެ ލީޑު ނެގިތާ ގިނަ އިރުތަކެއް ނުވެ ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް އިޓަލީން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މިއީ އޭރިޔާ ތެރެއިން ޑިފެންޑަރ ރޮބިން ލެ ނޯމަންޑް އަތުގަ ޖެހުމުން ދިން ޕެނަލްޓީ އެކެވެ. މި ޕެނަލްޓީ އިޓަލީއަށް ކާމިޔާބު ކޮށްދިނީ އިމޯބިލޭއެވެ.

މި މެޗުގައި ސްޕެއިން މޮޅުކޮށްދިން ލަނޑު މެޗުގެ 88 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ހޮސެލޫއެވެ.

2021 ވަނަ އަހަރުގެ ނޭޝަންސް ލީގު ފައިނަލްގައި ވެސް ސްޕެއިން ކުޅުނެވެ. ނަމަވެސް އެފަހަރު ފްރާންސް އަތުން ބަލިވެފައެވެ.

އާދިއްތަ ދުވަހު ކުޅޭ ފައިނަލްގައި ސްޕެއިން ވާދަކުރަން ޖެހޭނީ ކްރޮއޭޝިޔާއާއެވެ.

މި މެޗުން ބަލިވި އިޓަލީ މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި ވާދަކުރާނީ ނެދަލެންޑްސްއާއެވެ.