English Edition
Dhivehi Edition

‘ދަ ޑިމޮކްރެޓްސް’ ހަރުގެއަށް ކަޅު ތެޔޮ ޖެހި މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހަރުގެއަށް ކަޅު ތެޔޮ ޖެހި މައްސަލަ ރޭ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ރޭ ދަ ޑިމޮކްރެޓްސްގެ އޮފީހަށް ކަޅުތެޔޮ ޖަހާފައިވަނީ އެ ޕާޓީގެ ޖަގަހައިގައި ސަޕޯޓަރުންނާއި އެ ޕާޓީގެ ބައެއް އިސް ފަރާތްތަކުން ހަރަކާތްތެރި ވަމުން ދަނިކޮށެވެ. ކަޅު ތެޔޮ މައްސަލައިގައި ދަ ޑިމޮކްރެޓްސް އިން ވަނީ މިއީ އެމްޑީޕީން ހިންގާފައިވާ އަމަލެއްގެ ގޮތުގައި ތުހުމަތުކޮށްފައެވެ.

މަޖިލިހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފްގެ ގަޔަށް ވެސް ކަޅު ތެޔޮ ބުރާފައިވާއިރު އެ ވަގުތު އެ ހަރުގޭގައި ތިބި އެ ޕާޓީގެ ސަޕޯޓަރުންގެ ގަޔަށްވެސް ވަނީ ތެޔޮ ބުރާފައެވެ.