English Edition
Dhivehi Edition
ނައިބު ރައީސް ފައިސަލް ނަސީމް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމަށް ހުވާ ކުރައްވައިފި އެވެ. އެމަނިކުފާނު ހުވާކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޚާއްސަ ދަރުބާރުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމުގެ ހުވާ ، ނާއިބު ރައީސް ފައިސަލް ނަސީމަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް ޢަދުނާނެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގަތެވެ.

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ހައްޖާޖީންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ނައިބު ރައީސް ފައިސަލް ނަސީމް ހަމަޖައްސައިފިއެވެ،

މިއަހަރު ރާއްޖެއިން ހައްޖަށްދާ ފުރަތަމަ ގުރޫޕް މާދަމާ ފުރުމަށް ހަމަޖެހިފައިވާއިރު މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ދިވެހި ހައްޖާޖީން ރާއްޖެއިން ފުރަމުން ގެންދާނެއެވެ.

މިއަހަރު ހައްޖަށްދާ މީހުންނަށް ލޮކޭޓިންގ ޑިވައިސްއެއް ދެނީ!

ރާއްޖެއިން މިއަހަރު ހައްޖަށް ގެންދިއުމަށް ލިބިފައިވަނީ 1000 ކޯޓާއެވެ. މިއަހަރު ރާއްޖެ 1،000 މީހުން ހައްޖަށް ދާއިރު އޭގެ ތެރެއިން 600 ކޯޓާ ދީފައި ވަނީ ހައްޖު ކޯޕަރޭޝަނަށެވެ.

ބާކީ ތިބި މީހުން ހައްޖަށް ދަނީ ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕާއި އަލްމަނާސިކްގެ އިތުރުން އަލްހަރަމައިން ހައްޖު އެންޑް އުމްރާ ގެ ހަވާލުގައެވެ.