English Edition
Dhivehi Edition

މިސްރުގެ އުތުރު ސިނާގެ މިސްކިތަކަށް ދެވުނު ބޮމުގެ އަދި ބަޑީގެ ހަމަލާއެއްގައި 115 މީހުން މަރާލައިފިއެވެ.

މެނާ ސްޓޭޓު ނިއުސް އެޖެންސީ އިން ރިޕޯޓް ކޮއްފައިވާ ގޮތުގައި ހުކުރު ދުވަހު ހުކުރު ވަގުތުގައި ދެވުނު މި ހަމަލާ ގައި ބޮމުގެ ހަމަލާގެ އިތުރުން ބަޑީގެ ހަމަލާއެއްވެސް ވަނީ ދީފައެވެ. މި ހަމަލާ ތަކުގައި 115 މީހުން މަރުވެ އިތުރު 85 މީހުން ޒަޚަމް ކޮއްފައިވާ ކަމަށް ރިޕޯޓު ކޮއްފައި ވެއެވެ.

އާރިޝް ސިޓީގެ ހުޅަނގުން ބިރް-އަލް އަބެދް އަވަށުގައި ހުންނަ އައް ރަވްދާ މިސްކިތަށް ދެވުނު މި ހަމަލާ ދީފައިވަނީ 4 އުޅަނދުން އައިސް ކަމަށް ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ. އަދި އެއަށް ފަހު ވަނީ ބަޑީގެ ހަމަލާ ދީފައި ކަމަށް އެފަރާތުން ވިދާޅުވިއެވެ.

މިސްރު ސިފައިންދަނީ އުތުރު ސިނާ ސަރަހައްދުގައި ފާއިތުވި ތިން އަހަރުގައި ވެސް އައިއެސް ޖަމާއަތާއި ހަނގުރާމަ ކުރަމުންނެވެ.

މި ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައި ނުވެއެވެ. ނަމަވެސް ހަނގުރާމަ ވެރިން ދަނީ މިސްރުގެ އެކި ސަރަހައްދު ތަކަށް އަތް ގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ.