ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ފުރަތަމަ ފަހަރަށް އަންހެނަކު އައްޔަންކޮށްފިއެވެ. އެގޮތުން އެމަގާމަށް އައްޔަންކޮށްފައިވަނީ އެރަށު މުސްތަރީގެ، އައިޝަތު ޝިހާބްއެވެ.
ޖޭއެސްސީން އަލްއުސްތާޛާ އައިޝަތު ޝިހާބް ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަންކުރަން ނިންމާފައިވަނީ، 04 ޖޫން 2023 ވަނަ ދުވަހު ބޭއްވި އެކޮމިޝަންގެ 39 ވަނަ ބައްދަލުވުމުގައެވެ.
އަލްއުސްތާޛާ ޢައިޝަތު ޝިހާބްވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރިޢާ އެންޑް ލޯ ޙާސިލްކުރައްވައިފައެވެ.
މެޖިސްްޓްރޭޓްކަމަށް ޢައްޔަންކުރުމަށް ނިންމެވިއިރު، އަލްއުސްތާޛާ ޢައިޝަތު ޝިހާބް ހުންނެވީ ގއ.ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަޤާމްގައެވެ