English Edition
Dhivehi Edition

ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓެއް އެއްކޮށްލި މައްސަލާގައި އެ ތަން ހުސްކުރަން ދިން މުއްދަތު ހަމަވި ނަމަވެސް ތަން ހުސްކޮށްފައި ނުވާ ކަމަށް އާބަންކޯއިން ބުނެފި އެވެ.

ހިޔާ ޓަވަރެއްގައި ހުރި ދެ އެޕާޓްމަންޓު އެއްކޮށްލުމަށް ދެ އެޕާޓްމަންޓުގެ މެދު ފާރު ތަޅާލި މައްސަަލާގައި ކޮންމެ ފްލެޓެއްގެ ވެރިފަރާތް 100،000ރ. އިން ޖޫރިމަނޮށް 5 ދުވަސް ތެރޭގައި އެ ފައިސާ ދެއްކުމަށާއި، 10 ދުވަސް ތެރޭގައި އެ ފާރު އަލުން ރޭނުމަށް ވަނީ އަންގާފައެވެ. އެކަމަކު އެކަން ނުކުރުމުން އަރބަންކޯއިން ވަނީ ދެ އެޕާޓްމަންޓުވެސް ހުސްކުރުމަށް 14 ދުވަހުގެ ނޯޓިސްއެއް ދީފައެވެ. މި ނޯޓިސް ދީފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.

އާބަންކޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ފްލެޓްގެ ވެރިންނަށް ތަން ހުސްކުރަން ދިން މުއްދަތު ހަމަވި ނަމަވެސް އެތަން ހުސްކޮށްފައި ނުވާ ކަމަށެވެ. އަދި ހުސްނުކުރި ނަމަވެސް ކުންފުނީގެ ނިންމުމަށް ބަދަލެއް ނާންނަ ކަމަށެވެ.

ތަން ހުސްކުރަން އެންގުމުން ތަނުގެ ވެރިފަރާތުން ވަނީ އެކަން ހުއްޓުވުމަށް ކޯޓުގައި ވަގުތީ އަމުރަކަށްވެސް އެދިފައެވެ. ނަމަވެސް ކޯޓުން އެކަން ކޮށްދީފައެއް ނުވެއެވެ.