English Edition
Dhivehi Edition

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 2000 އަށްވުރެ ގިނަ މީހުން އަލަށް ގުޅިއްޖެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެމްޑީޕީ އިން ބުނީ 2500 މެންބަރަކު ގުޅިފައިވާ ކަމަށެވެ. އަދި އެއީ ރާއްޖޭގެ އެކި ހިސާބުތަކުން ކަމަށެވެ.

އެގޮތުން މަކުނުދޫ, ތިނަދޫ ދެކުނު, ކުޑަހުވަދޫ، ތުލުސްދޫ ހިމެނޭ ކަމަށް އެމްޑީޕީ އިން ބުނެއެވެ. އަދި ފަރެސްމާތޮޑާ ދާއިރާ އާއި މިލަންދޫ ދާއިރާ އާއި މަޑަވެލި ދާއިރާ ވެސް ހިމެނޭ ކަމަށް ބުނެއެވެ.

މީގެ އިތުރުން މަނަދޫ ދާއިރާ އާއި ކެނދިކުޅުދޫ ދާއިރާ އާއި އިސްދޫ ދާއިރާ އަދި ތިމަރަފުށި ދާއިރާގެ ގިނަ ބަޔަކު ވެސް އެ ޕާޓީއާ ގުޅިފައިވާ ކަމަށް އެމްޑީޕީ އިން ބުނެއެވެ.

އެމްޑީޕީ އިން ބުނީ އެޕާޓީއާ އަލަށް ގުޅުނު މީހުންގެ ފޯމުތައް ފޯމުތައް ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ފައްޔާޒް ވިދާޅުވީ އެ ހަރަކާތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގި ހަރަކާތްތަކުން ލިބިފައިހުރި އާ ފޯމުތައް ކަމަށެވެ. އަދި ކުޑަ މަސައްކަތެއްގެ ތެރެއިން 2500 ފޯމު ލިބުމަކީ އެ ޕާޓީއަށް ތާއީދު އޮތް ވަރު އަންގައިދޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން އެ ޕާޓީއަކީ ހަމައެކަނި ތިން ހާސް ހަމަވެގެން ހުއްޓާލާ ޕާޓީއެއް ނޫން ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ޓެގު