English Edition
Dhivehi Edition
ހުޅުމާލޭ ފުރަތަމަ ފިޔަވަހި - ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހީއާ ދިމާ ކަނޑުން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

ފުލުހުން ބުނީ އެ ހަށިގަނޑު ފެނެނީ އިއްޔެ ހަވީރު 5:56 ހާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެޗް 16 އާ ދިމާ ކަނޑުމަތިން ކަމަށެވެ.

އެ މީހާގެ ހަށިގަނޑު ފެނުނުއިރު އޮތީ ގިރުވާނުލީ އަތްކުރު ކަޅު ކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ސޯޓެއް ލައިގެން, ކަޅުކުލައިގެ ބޫޓަކަށް އަރައިގެން ކަމަށް ފުލުހުން ބުންޏެވެ.

އެއީ ބިދޭސީއެއްގެ ހަށިގަނޑު ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. މިހާރު އެމީހާގެ ހަށިގަނޑު އޮތީ ގަލޮޅު މޯޗަރީގަ އެވެ.

އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ޑިޕާޓްމަންޓުގެ ނަމްބަރު 9911099 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.