English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް އިން މިއަދު ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ފަރާތްތަތަކަށް އައު ޕްރޮމޯޝަން އެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިޔަށްދާ މުއްދަތުގައި ލަކީ ޑްރޯ މެދުވެރިކޮށް ހޮވޭ 20 ފަރާތެއްގެ ކިޑްސް ސޭވަރ އެކައުންޓަށް 5000 ރުފިޔާ ޖަމާކުރެވޭނެއެވެ.

އަހަރު ނިމޭއިރު އެކްޓިވް އެކައުންޓްތަކުގެ މެދުގައި ނެގޭ ގުރުއަތުން 20 ފަރާތެއްގެ ކިޑްސް ސޭވަރ އެކައުންޓަށް 2،500 ރުފިޔާ ޖަމާކުރެވޭނެއެވެ.

ކިއުބީ އެޕް މެދުވެރިކޮށް ޓޯކަންއެއް ނެގެމަށްފަހު އެންމެ ކައިރި ބްރާންޗަށް ނުވަތަ މާލޭގައި ނަމަ އެކައުންޓް އޯޕަނިންގ ސެންޓަރ އަދި ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް ގައި މިކަމަށް ހާއްސަކޮށްފައިވާ ކައުންޓަރތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އެކައުންޓް ހުޅުވޭނެއެވެ.

ގުރުއަތުން ހޮވޭ ފަރާތްތަކަށް ލިބޭ ފައިސާގެ އިނާމު ޖަމާކުރެވޭނީ ކިޑްސް ސޭވަރ އެކައުންޓަށެވެ. މި ޕްރޮމޯޝަން ކުރިޔަށްދާނީ 1 ޖޫން އިން 10 ޖުލައި ގެ ނިޔަލަށެވެ.