English Edition
Dhivehi Edition
އެސްޓީއޯ އަހަރީ އާއްމު ޖަލްސާ-ފޮޓޯ: ވަގުތު

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ހިއްސާ އަކަށް 77ރުފިޔާ ބަހަން ފާސްކޮށްފިއެވެ.

ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދާ އެ ކުންފުނީގެ 2022 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާއަކަށް 77 ރުފިޔާ ބަހަން ނިންމިއިރު މިދިޔަ އަހަރު އެ ކުންފުނިން ބަހާފައިވަނީ ހިއްސާއަކަށް 65 ރުފިޔާއެވެ.

ރޭ ބޭއްވި އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ޑިރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ތެރެއިން ބޭފުޅަކާއި އަދި އޮޑިޓަރެއް ވަނީ ހަމަޖައްސާފައެވެ. މި ގޮތުން ކުންފުނީގެ އާންމު ހިއްސާދާރުންގެ ތެރެއިން ބޯޑުގައި އިންނަވަނީ މުހައްމަދު އަހްސަން ސަލީމް އެވެ. އަދި އޮޑިޓަރަކަށް ހަމަ ޖެއްސީ ޕްރައިސް ވޯޓާ ހައުސް ކޫޕާސްއެވެ.

އެސްޓީއޯ އަށް މިދިޔަ އަހަރު ވަނީ ޖުމްލަ އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބި، ސާފު ފައިދާގެ ގޮތުގައި 742 މިލިއަން ރުފިޔާ ލިބިފައެވެ. އެސްޓީއޯ އިން ބުނީ އާމްދަނީ އާއި ކުންފުނީގެ ސާފު ފައިދާއިން އެހާ ބޮޑު ކުރިއެރުމެއް ލިބުނީ، އެ ކުންފުނީގެ ދަށުން ހިންގާ، ތެލާއި ކޮންސްޓްރަކްޝަން ދާއިރާ އާއި ޝިޕިން ދާއިރާ އިން ލިބުނު އާމްދަނީ އިތުރުވެ ވިޔަފާރިތަކުގެ މާކެޓް ޝެއާ ބޮޑުވުމުގެ ސަބަބުން ކަމަށެވެ.

ޓެގު