English Edition
Dhivehi Edition
ފޮޓޯ:އެމްޓީސީސީ

އއ. އުކުޅަސް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމު ތޮށި ލުމާއި ހާބާ ޕޭވްމެންޓް ހެދުމުގެ މަސައްކަތް ނިމިފައިވަކަމަށާބަނދަރު ފުންކުރުމުގެ މަސައްކަތުގެ 97 އިންސައްތަ ފުރިހަމަކުރެވިފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫއުގެ ދަށުން، 4,954 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 5 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވަނީ ހަމަޖެހިފައިވާއިރު 484 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 264 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ކަނެކްޓިވިޓީ ބްރިޖެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުމާއި، އޭޕްރަންއެއް ހެދުމާއި، 1,640 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި، ނެރުބައްތި އާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.

މި މަޝްރޫއަކީ 40.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.