English Edition
Dhivehi Edition
ފޮޓޯ:އެމްޓީސީސީ

އެމްޓީސީސީގެ ހުނަވަރު ޕްރޮގްރާމްގެ ދަށުން ވެލްޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމަށް ބައިވެރިން ހޯދަމަށް އައްޑޫ ސިޓީ ފޭދޫގައި އޯޕަން ޑޭ ސެޝަންތަކެއް ކުރިއަށް ގެންދަން ނިންމާފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނި މާދަމާ ހަވީރު 15:00 އިން 17:00އަށް ފޭދޫ ކުދިމާ ޕްރީ ސްކޫލުގައެވެ.

‘ވެލްޑާ- ހުނަވަރު ޓްރޭނީ’ ގެ ނަމުގައި ހިންގާ އެ ތަމްރީން ޕްރޮގްރާމްގެ ބޭނުމަކީ އެމްޓީސީސީގެ އިންޖިނިއަރިން އެންޑް ޑޮކިން ޑިވިޝަނަށް ބޭނުންވާ 15 ވެލްޑަރުން ހޯދުމެވެ.

މި ތަމްރީން ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް 5,000 ރުފިޔާގެ އެޕްރެންޓިސްޝިޕް އެލަވަންސަކާއި 3,000 ރުފިޔާގެ އެކޮމޮޑޭޝަން އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވެލްޑިން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދެ ޖިންސުގެ 25 އަހަރުން ދަށުގެ މީހުންނަށް ހުޅުވާލާފައިވާއިރު މިޕްރޮގްރާމުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިސާބު, ފިޒިކްސް, ކެމިސްޓްރީ ހިމެނޭހެން އޯލެވެލް 3 މާއްދާއިން ފާސްވެފައިވުން ހިމެނެއެވެ.