English Edition
Dhivehi Edition
ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފްގެ ހިދުމަތް ޓްރީޓޮޕް ހޮސްޕިޓަލުން މިއަދު ފަށައިފިއެވެ.

މި ޚިދުމަތް އިފްތިތާހު ކޮށްދެއްވީ އެ ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަަދައްކަވަމުން ރައީސް ވިދާޅުވީ، ޓްރީޓޮޕުން މި ހިދުމަތް ފެށުމަކީ ޒަވާޖީ ހަޔާތެއް ފަށަން ބޭނުންވާ މީހުންނަށް ލިބޭ އުއްމީދެއް ކަމަށެވެ.

މިހާރު ރާއްޖެއިން ބޭރުގައި އައިވީއެފްއަށް ތިން ލައްކަ ނުވަތަ ހަތަރު ލައްކައެއްހާ ރުފިޔާ ހަރަދުކުރަން ޖެހޭއިރު، ރާއްޖޭގައި އައިވީއެފްގެ ހިދުމަތް ލިބުމަކީ އެކަމަށް ލިބޭ ހައްލަކަށްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ރައީސް ވަނީ ގިނަ ދިވެހިންނަށް އުއްމީދެއް ގެނެސްދިން ހިދުމަތެއް ތައާރަފްކޮށްދިނީތީ ޓްރީޓޮޕް ހޮސްޕިޓަލަށް ޝުކުރު އަދާކުރައްވާފައެވެ.

އިންޑިއާގެ ސައިމާ ސެންޓަރާ ގުޅިގެން ހުޅުވާފައިވާ އައިވީއެފް ސެންޓަރުގެ ހިދުމަތް އެ ހޮސްޕިޓަލުގައި ދެނީ 46،000 ރުފިޔާއަށެވެ.