English Edition
Dhivehi Edition

ޓްރީ ޓޮޕް ހޮސްޕިޓަލަށް 4 އަހަރު ފުރުން ފާހަގަ ކުރުމަށް ސިއްޙީ ދުޅަހެޔޮކަމުގެ ޕެކޭޖުތަކަށް ޚާއްސަ ޑިސްކައުންޓުތަކެއް ދިނުމަށް ނިންމައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ ސިއްޙީ ދުޅަހެޔޮކަމުގެ ޕެކޭޖުތަކަށް 10 އިންސައްތައިގެ ޚާއްސަ ޑިސްކައުންޓް ރޭޓެއް ދިނުމަށް ނިންމާފައިވާ ކަމަށާއި މި ޑިސްކައުންޓް ރޭޓްތައް ދިނުމުގައި ފިރިހެން ބޭފުޅުންނަށް ޚާއްޞަ ޕެކޭޖަކާއި 18 އަހަރާއި 34 އަހަރުގެ ކަނބަލުންނަށް ޚާއްސަ ޕެކޭޖުތައް ހުންނާނެ ކަމަށެވެ. އަދި 35 އަހަރުން މަތީގެ ކަނބަލުންނަށް ޚާއްސަ ޕެކޭޖަކާއި ހިތުގެ ބަލިތަކަށް ޚާއްސަ ޕެކޭޖެއް ދިނުމަށް ނިންމާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ޓްރީ ޓޮޕުން ބުނީ އެ ޕްކޭޖުކަތުން ޑިސްކައުންޓު ދޭނީ މިއަދުން ފެށިގެން މި މާރޗުު މަހުގެ ނިޔަލަށް ކަމަށެވެ.

މީގެ އިތުރުން “ޓްރީ ޓޮޕް ހޮސްޕިޓަލް އޯޕަން ޑޭ 2022” ގެ ނަމުގައި ކެރިއަރ ގައިޑެންސް އަދި ވަޒީފާ ހޯދުމަށް ޚާއްސަ ދުވަހެއް ބޭއްވުމަށް ނިންމާފައިވާ ކަމަށާއި މިއީ އާ ހުނަރުވެރި ޒުވާން މަސައްކަތްތެރިން އުފެއްދުމުގެ ގޮތުން އެހޮސްޕިޓަލުން ކުރާ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

“މި ޕްރޮގްރާމް އަމާޒުކުރަނީ ސާނަވީ ތައުލީމް ނިންމާފައިވާ ޒުވާނުން މަސައްކަތުގެ ބާޒާރަށް ނިކުތުމުގެ ފުރުސަތު ފަހިކޮށްދިނުމަށް. މިގޮތުން، ޒުވާން ދިވެހި މަސައްކަތްތެރިން އުފެއްދުމަށް މި ހޮސްޕިޓަލުން ވަނީ “ޓްރީ ޓޮޕް ހޮސްޕިޓަލް ނަރސިންގ ސްކޮލަރޝިޕް” އުފައްދާފަ. މި ސްކޮލަރޝިޕްގެ ދަށުން ދިވެހި ހަތް ޒުވާން ނަރުހުން މިހާރު ވެސް މުޅިން ހިލޭ ދަނީ ކިޔަވަމުން.” ޓްރީ ޓޮޕް ހޮސްޕިޓަލުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނީ ފައިބެއަހަރުގެ ތެރޭގައި ފެމިލީ މެޑިސިން ކްލިނިކް، އަންހެނުންނާއި ކުޑަކުދިންނަށް ޚާއްސަ ހެލްތް ސެންޓަރ، ކެންސަރ ބަލިޖެހިފައިވާ މީހުންނަށް ޕެއިން އެންޑް ރިހެބިލިޓޭޓިވް ޚިދުމަތްތައް އަދި ކުޑަކުދިންގެ ނިއުޓްރިޝަން ކްލިނިކްގެ ޚިދުމުތްތައް އެ ހޮސްޕިޓަލުން ފަށާފައިވާ ކަމަށެވެ.

2018 ވަނަ އަހަރު ވުޖޫދުވި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހުރިހާ ޚިދުމަތްތަކުގައި ވެސް ބޭނުންކުރަނީ އެންމެ ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީއެވެ.