English Edition
Dhivehi Edition

ރާއްޖޭގައި ބަލާލާ ކޮންމެ ދިމާއަކުންވެސް ފެންނަމުންދަނީ ރައީސް އަބްދުﷲ ޔާމީން ގައުމަށް ގެނެސްދެއްވައިފައިވާ ތަރައްގީ ކަމަށް ފުނަދޫ ދާއިރާގެ މެންބަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރުމާލު 2 ގެ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އިވޭކޮންމެ އަޑެއްގައިވެސްވަނީ ރައީސް ޔާމީން ގެންނަވާ ތަރައްގީގެ ވާހަކަ ކަމަށެވެ. މި ސަބަބުތަކާހެދި ސަރުކާރާއި ޕީޕީއެމްގެ ބިޔަ ލަޝްކަރު ފޫއަޅުވައިލުމަށް އިދިކޮޅު ފަރާތްތަކަށް ދެވޭނެ “ހަމަލާއެއް” ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައިވެސް ރައީސް ޔާމީން ވެރިކަމަށް ގެންނަންޖެހޭ ސަބަކީވެސް އެމަނިކުފާނުގެ އިޚުލާސްތެރި ކަމާއި ރާއްޖެއަށް ގެނެސް ދެއްވަމުން ގެންދަވާ ތަރައްގީ ކަމަށެވެ. އެމަނިކުފާނު ފަދަ ވަފާތެރި އިޚުލާސްތެރި ވެރިއަކު މިގައުމުގެ ތާރީޚުގައިވެސް ފެނިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގައުމުދަރަނިވެރިވާ ވާހަކަ އިދިކޮޅު ފަރާތްތަކުން ދައްކާއިރު މިގައުމުގެ ތައުލީމާއި ސިއްހީ ދާއިރާތަކާއި އެހެނިހެން ދިމަދިމާއިން ގައުމު ތަރައްގީވެ ކުރިއަރަމުންދަނީ ދަރަނިވެރި ވުމުގެ ބަދަލުގައި ކޮންމެވެސް ވަރެއްގެ ތަނަވަސްކަމެއް މިގައުމުގައި ހުރުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގައުމުގެ އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ގާނޫނު ހިންގަވައި ދެއްވުމަށްކީ ރައީސް ޔާމީންގެ ވައުދެއް ކަމަށާއި އެކަން އެގޮތަށް ކޮށްދެއްވުމަށް އަދުރޭ ރައީސް އަރިހުން އެދިވަޑައިގެންނެވިއެވެ. އޭނާ ވިދާޅުވީ ތިނަދޫގެ ޕޮލިސް ސްޓޭޝަނާއި އަދިވެސް އެހެން ތަންތަނުގައި ހުޅުޖެހި މީހުން ދޫކޮށްނުލައި އެމީހުންގެ މައްޗަށް ފުރިހަމަ ޝަރީއަތެއް ހިންގަންޖެހޭ ކަމަށެވެ.

ޓެގު