English Edition
Dhivehi Edition
ރައީސް ޔާމީން

ތުރުކީވިލާތުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ރަޖަބް ތައްޔިބު އުރުދުޣާންއަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރު، ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލްގައްޔޫމު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މަރުހަބާގެ މެސެޖުގައި ވިދާޅުވީ ރައީސް އުރުދުޣާންގެ ހަރުދަނާ ލީޑާޝިޕްގެ ދަށުން ތުރުކީއަށް ގެނެސްދެއްވާފައިވާ އިގްތިސާދީ ކުރިއެރުވުމާއި ބައިނަލްއަގުވާމީ ގޮތުން އެ ގައުމުގެ ނަން ރީތިކޮށްދެއްވާފައިކަމަށެވެ.

އުރުދުޣާން މި ކާމިޔާބީއަށް ރައީސް ޔާމީންގެ އިތުރުން ޕީޕީއެމް ކޯލިޝަނުންވެސް ވަނީ މަރުހަބާ ކިޔާފައެވެ.

ރަޖަބް ތައްޔިބު އުރުދުޣާން އިންތިހާބު ކާމިޔާބު ކުރެއްވީ 52.1 ޕަސެންޓުންނެވެ. މި ނަތީޖާ އާ އެކު ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ 600 ގޮނޑީގެ ތެރެއިން 323 ގޮނޑި އުރުދުގާންގެ ކޯލިޝަނަށް ވަނީ ލިބިފައެވެ. އިއްޔެގެ އިންތިހާބީ ނަތީޖާ އާއި އެކުވެރިކަމުގައި ހުންނަވާތާ 20 އަހަރު ފާއިތުވި އުއުރުދުޣާނަށް 5 އަހަރުގެ އިތުރު ދައުރަކު ލިބިވަޑައިގަތީއެވެ.

އުރުދުގާން އިންތިހާބު ކާމިޔާބު ކުރެއްވުމުން ތުރުކީގައި އުފާފާޅު ކުރުން ކުރިއަށް ދާއިރު، އުރުދުގާންގެ ގަނޑުވަރާ ކައިރީގައި ހަވާ އެރުވުމުގެ ހަރަކާތެއްވެސް ވަނީ ބާއްވާފައެވެ