މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް)ގެ ހަތަރުވަނަ އަހަރީ އާންމު ޖަލްސާ 30 ޖޫން 2023 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޔޫނިއަންގެ ހިންގާ ކޮމިޓީގެ 2 އަހަރު ދުވަހުގެ ދައުރު ނޮވެމްބަރު 2022 ގެ ނިޔަލަށް ހަމަވެފައި ވާތީވެ، އައު ހިންގާ ކޮމިޓީއެއް އިންތިހާބު ކުރުމަކީ މި އަހަރީ އާންމު ޖަލްސާގެ މުހިންމު ބައެކެވެ.
ހިންގާ ކޮމިޓީގެ ހުރިހާ މަގާމަކަށްވެސް އިންތިހާބު ކުރުމަށް ވޯޓުލުން ކުރިއަށްދާނެއެވެ.
ހިންގާ ކޮމިޓީގެ މަގާމުތަކަކީ:
މިއީ މިފަދަ އިއުލާނެއް ކުރާ ތިންވަނަ ފަހަރުކަން ފާހަގަކޮށް، ޝަރުތު ހަމަވާ ހުރިހާ މެމްބަރުން ލަސްނުކޮށް ކުރިމަތިލުމަށް މިހާރު ދައުރު ހަމަވެފައިވާ ހިންގާ ކޮމިޓީގެ ފަރާތުން އިލްތިމާސް ކުރަމެވެ.
ޔޫނިއަންގެ ކުރިމަގު މިވަގުތު ބަރޯސާވެފައިވަނީ ފުރިހަމައަށް މަސައްކަތްކުރާ ހިންގާ ކޮމިޓީއެއް އެކުލަވާލުމުގެ މައްޗަށެވެ.
އެހެނީ، އެ ޖަމްއިއްޔާގެ މަގުސަދުތައް ފުރިހަމަ ކުރުމަށް ވަރުގަދަ ލީޑަޝިޕްއެއް އޮތުން ވަރަށް މުހިންމު ކަމަށާއި ހިންގާ ކޮމިޓީގެ މަސައްކަތްތައް މެދުކެނޑިފައި އޮތުމުން ޔޫނިއަންއިން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހުރަސްއެޅިގެންދާތީ، ވީ އެންމެ އަވަހަކަށް މަސައްކަތް އަލުން ފަށައިގަތުން މުހިންމެވެ.
މި ޖަމްއިއްޔާގެ އުންމީދުތައް ހާސިލްކުރުމަށްޓަކައި ހިންގާ ކޮމިޓީއަށް ޚިދުމަތްތެރި، ބުރަ މަސައްކަތް ކުރާ މެމްބަރުން ބޭނުންވެއެވެ.
ދިވެހި ފަންނުވެރިންގެ ޝުއޫރުތައް ތަމްސީލުކުރާ މި ޔޫނިއަންއިން އަބަދުވެސް މަސައްކަތްކުރަމުންދާނީ ހުރިހާ ފަންނުވެރިންގެ ހައްގުތައް ހިމާޔަތްކޮށް، ދިވެހިރާއްޖޭގެ މިއުޒިކީ ސިނާއަތް ކުރިއެރުވުމަށެވެ. މިވަގުތު ޔޫނިއަންގެ މެމްބަރޝިޕްގައި ނުހިމެނުނު ކަމުގައި ވީނަމަވެސް، އެއް ތަސައްވުރެއް ގެންގުޅޭ މިއުޒީޝަނުންނާއި، މިއުޒިކަށް ލޯބިކުރާ ފަރާތްތަކުގެ ތެރެއިން ތަރައްގީގެ މި މަސައްކަތްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް ޔޫނިއަންއާއި ގުޅިގެން މަސައްކަތްކުރުމަށް ދައުވަތު އަރުވަމެވެ.
ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ޖޫން 2023 ގެ ކުރިން ނަން ހުށަހެޅުމަށް އިލްތިމާސްކުރަމެވެ.
ހިންގާ ކޮމިޓީގެ ހުސްވެފައިވާ މަގާމުތަކާއި، އެ މަގާމުތަކަށް ކުރިމަތިލުމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ، ޔޫނިއަންގެ ވެބްސައިޓް www.musiciansunion.mv މެދުވެރިކޮށް، ނުވަތަ ސީދާ އަޅުގަނޑުމެންނާ ގުޅާލުމުން ލިބިގެންދާނެއެވެ.