English Edition
Dhivehi Edition

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް) ގެ 4 ވަނަ އަހަރީ ޖަލްސާ އަންނަމހުގެ ފަހުކޮޅު ބާއްވަން ނިންމައިފި އެވެ.

މި ފެށޭ ނޮވެމްބަރ މަހުގެ ފަހު ހަފުތާގެ ތެރޭގައި ބާއްވަން ނިންމާފައިވީނަމަވެސް ޖަލްސާ ބާއްވާނެ ތާރީޚާއި ގަޑި، އަދިހާމައެއް ނުކުރެ އެވެ.

އެ ޔޫނިއަނުން ބުނީ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު، ޖަލްސާ ބާއްވާ ގަޑި އާއި ތާރީޚު އަދި ބާއްވާނެ ތަން އިއުލާން ކުރާނެ ކަމަށެވެ.

ޔޫނިއަންގެ ހިންގާ ކޮމިޓީގެ ދައުރަކީ ދެ އަހަރެވެ.

ހިންގާ ކޮމިޓީގެ ހުރިހާ މަގާމަކަށްވެސް އިންތިހާބު ކުރުމަށް ވޯޓުލުން ކުރިއަށްދާނެއެވެ. ހިންގާ ކޮމިޓީގެ މަގާމުތަކަކީ:

  1. ރައީސް
  2. ނައިބު ރައީސް
  3. ޙަޒާންދާރު
  4. އަމީން ޢާންމު
  5. ޕަބްލިކް ރިލޭޝަންސް ޑައިރެކްޓަރ

ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލާން ޝައުގުވެރިވާ މެމްބަރުންގެ ނަންތައް ހުޝަހެޅުމަށް މިހާރުވަނީ ހުޅުވާލާފަ އެވެ.

އިންތިހާބުގައި ބައިވެރިވާން ޝައުގުވެރިވާ މެމްބަރުން ކުރިމަތިލާން ބޭނުންވާ މަގާމު ފާހަގަކޮށް އެމް.ޔޫ.އެމްގެ އީމެއިލް އެޑްރެސް [email protected] އަށް 26 ނޮވެމްބަރގެ ކުރިން އީމެއިލް ކުރުމަށް ވަނީ އެދިފަ އެވެ.