English Edition
Dhivehi Edition
ފޮޓޯ:އެމްޑީޕީ

ފ. ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

ކުރިން ރައްޔިތުންގެ މަޖިލީހަށް މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި މުހުސިން އެމްޑީޕީއަށް ސޮއިކުރައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނިލަންދޫގައެވެ.

އެމްޑީޕީއަށް ސޮއިކުރައްވައި މެންބާޝިޕް ފޯމު ރައީސް ސޯލިހް އާއި ހަވާލުކުރެއްވުމުން، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ މުހުސިނަށް އެމްޑީޕީގެ ދިދައެއް ދެއްވާފައެވެ.

އެމްޑީޕީ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއެކު ވަކި ޕާޓީއެއް އުފެދުމަށް އެމްޑީޕީގެ 12 މަޖިލީސް މެންބަރުން އެ ޕާޓީން ވަކިވެފައިވާއިރު މުހުސިން އެމްޑީޕީއަށް ސޮއިކުރެއްވުމުން އެ ޕާޓީގެ މަޖިލީސް މެންބަރުންގެ އަދަދު 56ކަށް ވަނީ އަރާފައެވެ.