English Edition
Dhivehi Edition
ގދ. ތިނަދޫ ޓާފް ދަނޑު. ފޮޓޯ: ގާފު މީޑިއާ

ގދ.ތިނަދޫގައި ގާއިމްކުރާ އައުޓްޑޯރ ޖިމްގެ ނުނިމި ހުރި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލި ފުރުސަތަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ގދ. ތިނަދޫގައި ގާއިމްކުރާ އައުޓްޑޯރ ޖިމްގެ ނުނިމި ހުރި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މީގެ ކުރިންވެސް ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ. މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ތިނަދޫ ކައުންސިލުން އެންމެ ފުރަތަމަ އިއުލާންކޮށްފައިވަނީ 31 މާރިޗް 2022ގައެވެ. އެހެންނަމަވެސް އެ އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާއިރު، އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

އިއްޔެ ތިނަދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނީ އައުޓްޑޯރ ޖިމްގެ ނުނިމި ހުރި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް 14 އޭޕްރީލް 2022 ގައި ކުރެވުނު އިއުލާނު ގައި ބީލަން ހުށަހެޅުމަށް ދީފައިވާ، 05 މެއި 2022 އަކީ ސަރުކާރު ބަންދު ދުވަހެއްކަމަށް ކަނޑައެޅުމާއި ގުޅިގެން، ބިޑް ހުށަހެޅުން 8 މެއި 2022 ވަނަ ދުވަހަށް ބަދަލުކޮށްފައިވާކަމަށެވެ.

މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 08 މެއި 2022 ވަނަ ދުވަހު 13:00 އަށް ކައުންސިލް އިދާރާއަށް ވަޑައިގެން، ބިޑް ހުށަހެޅުމަށް ތިނަދޫ ކައުންސިލުން ވަނީ އެދިފައެވެ.