English Edition
Dhivehi Edition

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޔޫއެންޑީޕީ ގުޅިގެން އައްޑޫސިޓީގައި ހިންގި “ނަޒާހަތްތެރި ކަމުގެ ފެސްޓިވަލް” ކާމިޔާބު ކަމަށް އެތަނުން ވިދާޅުވެއްޖެއެވެ.

އެއްހަފްތާގެ މުއްދަތަށް ހިންގި މި ފެސްޓިވަލުގައިވަނީ ކުޑަކުދިންނަށް ޚާއްސަ “ނަޒާހަތްތެރި ހަވީރު” އެއް ބާއްވައިފައިވެއެވެ. އެ ހަވީރުގައިވަނީ ކޮރަޕްޝަނާބެހޭ ބައުލޫމާތާއި، ނަޒާހަތްތެރި ކަމާބެހޭ މައުލޫމާތު ކުދިންނާއި ބެލެނިވެރިންނަށް ވަނީ ފޯރުކޮށްދީފައެވެ. މިފަދަ މައުލޫމާތު ކުޑަކުދިންނާ ހިއްސާ ކުރުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ނަޒާހަތްތެރި ޖީލެއް ބިނާކުރުން ކަމަށް އޭސީސީގެ ނާއިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވިއެވެ.

މި ހަފްތާގައިވަނީ ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި އެންޖީއޯތަކަށްވެސް ނަޒާހަތްތެރި ކަމާބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވައިފައެވެ. މުއައްވިޒް ވިދާޅުވީ އެންޖީއޯ ތަކާއި ދައުލަތުގެ މުވައްޒަފުންނަށް ވަކިވަކިން ބޭއްވި މި ސެޝަންތަކަށްވެސް ވަރަށް ރަނގަޅު ތަރުހީބެއްވަނީ ލިބިފައި ކަމަށެވެ.

ނަޒާހަތްތެރި ކަމުގެ ހަފްތާގެ ނިންމުން ފާހަގަ ކުރުމަށް ބާއްވާ ހަފްލާ މާދަމާރޭ އޮންނާނެއެވެ. ހަފްލާ އޮންނާނީ އައްޑޫސިޓީ ކައުންސިލް މާލަމުގައެވެ. މިރަސްމިއްޔާތުގައި އޭސީސީގެ ރައީސް ހަސަން ލުތުފީ ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ޓެގު