English Edition
Dhivehi Edition

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ޓިކެޓް އެ ޕާޓީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމަށް ހަވާލުކޮށްފިއެވެ.

ނާޒިމަށް ޓިކެޓު ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި އާޓިފިޝަލް ބީޗުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ކެމްޕޭން ޝިއާރު “އުޖާލާ ޒަމާން” އިއުލާންކޮށް ކެމްޕޭންގެ ރަސްމީ ލަވަ ވެސް ވަނީ އާންމު ކޮށްފައެވެ.

އެމްއެންޕީގެ ގިނަ އަދަދެއްގެ މެމްބަރުންނާއެކު، އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިޔަށް ދާ ޖަލްސާގައި ޓިކެޓާއި ހަވާލުވުމަށްފަހު ނާޒިމްވަނީ ޕާޓީގެ މެމްބަރުންނާ މުޚާތަބްކޮށް ވާހަކަ ދައްކަވާފައެވެ.

މި ޖަލްސާގައި ނާޒިމް ވިދާޅުވީ މި ޖަލްސާއަށް މަންމާފުޅު ހާޒިވެ އިންނެވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށާއި، ބައްޕަ ދުނިޔޭގެ ނެތްނަމަވެސް ބައްޕަގެ ރުހުން އޮތް އެނގިވަޑައިގެން ހުންނެވި ކަމުގައެވެ.

ނާޒިމް ވިދާޅުވީ، ރާއްޖޭގެ ރައީސްކަމަށް ވާދަ ކުރައްވާއިރު އަދިވެސް އޭނާ ދެމިހުންނެވީ ރާއްޖޭގެ ދިފާއީ ބާރުގައި ޚިދުމަތް ކުރެއްވުމަށް އެންމެ ފުރަތަމަ ޚިދުމަތް ކުރެއްވުމަށް ގުޅިވަޑައިގެންނެވިއިރު ކުރެއްވި ހުވާގެ މަތީގައި ކަމުގައެވެ.

ގައުމު އޮޔާ ދާތަން ބައްލަވަން ހުންނެވުމަކީ ޒަމީރު ގަބޫލުކުރާކަމެއް ނޫން ކަމަށާއި ގައުމުގެ މާޒީގެ ބަތަލުން ވީ ޖިހާދުގެ މަތިން ހަނދާން ނައްތާ ނުލެވޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

5 ކޮމެންޓް
އިފާ ޝަރީފް
މެއި 27, 2023
ދިވެހި ޤައުމު ސަލާމަތްކުރަން ބޭނުންވަނީ ނާޒިމްފަދަ ޤައުމީ ފަހުލަވާނެއް
އިފާ ޝަރީފް
މެއި 27, 2023
އަހަރެންގެ ވޯޓް މިފަހަރު އޮތީ ނާޒިމްއަށް Nazim2023
ޖާސިއު
މެއި 27, 2023
ދިވެހި ރައްޔިތުންނަށް މިއޮތީ 3ން ވަނަ ފިކުރެއް. ފުދުންތެރިކަން އޮތީ މިމަގުން ދަތުރު ކޮށްގެން.
މަރީ
މެއި 27, 2023
މިޓިކެޓް މެދުވެރިކޮށްގެން އާންމު ރައްޔިތުންނަށް ފުދުންތެރިކަން ގެނެވެން އޮތީ.
ޖާމިލް
މެއި 27, 2023
ދިވެހި ރައްޔިތުންގެ ހަގީގީގޮތުގައި ރެޕްރެޒެންޓް ކުރެވެން އޮއި ހަމައެކަނި ފުރުސަތަކީ އެމްއެންޕީ އާއި ނާޒިމް މެދުވެރިކޮށްގެން.