English Edition
Dhivehi Edition
ނިލަންދޫ ބަނދަރުގެ މަސައްކަތް ހަވާލުކުރުން - ފޮޓޯ:އެމްޓީސީސީ

ފ. ނިލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީ އާ ހަވާލު ކޮށްފިއެވެ.

މި މަޝްރޫއޫގެ މަސައްކަތް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގުއެވެ.

މި މަޝްރޫއުގެ ދަށުން 55,141 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރު ބޭސިން ފުންކުރުމާއ،ި 6،933 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއ،ި 261 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާ 75 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 194 މީޓަރުގެ ސަރަހައްދެއްގެ ބޭރު ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރު ތޮށްޓެއް ލުމާއ،ި 188މީޓަރުގެ ސަރަޙައްދެއްގެ އެތެރޭ ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއް ލުމާއ،ި 237 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. އަދި މޫރިންގ ބޯއީސް ހަރުކުރުމާއ،ި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއ،ި 100 މީޓަރުދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 18 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމާ ބަނދަރު ބައްތި ހަރުކުރުމާއ،ި 1,151 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއ،ި 204 މީޓަރުގެ ކާބް ސްޓޯން ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ 61.75 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 510 ދުވަސް ތެރޭ ނިންމުމަށެވެ.