English Edition
Dhivehi Edition

ޗާގޯސް މައްސަލާގައި “ކަނޑުވިއްކާލުމާ ދެކޮޅު” ޕެޓިޝަންގައި ސޮއިކުރުމަށް މިއަދު އެމްއެންޕީގެ މައި ޖަހަގަގައި ފެށި ހަރަކާތުގައި އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ސޮއިކުރައްވައިފިއެވެ.

ޕެޓިޝަންގައި ސޮއިކުރުމަށް ޚާއްސަ މޭޒެއް ޖަގަހާގައި ވަނީ ގާއިމްކޮށްފައެވެ.

ޗާގޯސް މައްސަލައަކީ ހުރިހާ ދިވެހިންގެ މަސްލަޙަތުއޮތް ކަމެކެވެ. ޒަމާނުއްސުރެން ދިވެހި މަސްވެރިން ނަފާ ހޯދަމުންދިޔަ ރާއްޖޭގެ ދެކުނުގެ މައި މަސްކަނޑުގެ 44،000 އަކަ ކިލޯމީޓަރު ސަރުކާރުގެ އިހުމާލުން ގެއްލިގެން ދިއުމުން އެކަން ކުށްވެރިކޮށް ވަރަށް ގިނަ ދިވެހިން ދަނީ އަޑުއުފުލަމުންނެވެ.

ގެއްލުނު މަސްކަނޑު ހޯދަން ޤައުމީ މަސައްކަތެއްގެ ގޮތުގައި ‘ކަނޑު ވިއްކުމާ ދެކޮޅު އިއްތިހާދު’ ވަނީ މަސައްކަތް ފަށާފައެވެ. އެމްއެންޕީއަކީ މިއިއްތިހާދުގެ ބައިވެރިއެކެވެ.

އިއްޔެ ހަވީރު އެމްއެންޕީގެ މައިޖަގަހާގައި ފެށި ހަރަކާތުގައި ޕާޓީގެ ރައީސް މުޙައްމަދު ނާޒިމްގެ އިތުރުން ޕާޓިގެ ނާއިބް ރައީސުންނާއި ޕާޓީގެ ގިނަ އަދެއްދެއްގެ މެންބަރުންނާއި ޕާޓީއަށް ހެޔޮއެދިވަޑައިގަންނަވާ ވަރަށް ގިނަ ފަރާތްތަކެއްގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން މިޕެޓިޝަންގައި ދަނީ ސޮއިކުރަމުންނެވެ.