English Edition
Dhivehi Edition
ގއ. ދާންދޫ

ގއ. ދާންދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިލައިފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ރޭ ދާންދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައި ހުރި މީހަކު 12:57 ހާއިރު ފިލާފައި ވާކަމަށެވެ. އަދި އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ.

މި މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލު ފުލުހުން ހާމަކޮށްފައި ނުވާއިރު އަދި އެމީހާގެ ވަނަވަރެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފަހަކަށް އައިސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުން ފިލާ މައްސަލަ އިތުރުވަމުން އަންނައިރު މި މަހުގެ 06 ވަނަ ދުވަހުވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ވަނީ ފިލާފައެވެ.