English Edition
Dhivehi Edition
އެމްއެމްސީން ސްކޫލް ކުދިންނަށް ހިންގާ "ސްޓޭޑެންޓް ޖާނަލިޒަމް ޕްރޮގްރާމް"ގެ ތެރެއިން - ފޮޓޯ: އެމްއެމްސީ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ކުރިއަށްގެންދާ ސްޓޫޑެންޓް ޖާނަލިޒަމް ޕްރޮގްރާމަށް ކޭޓަރިން ޚިދުމަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަނެއްކާވެސް އިޢުލާން ކޮށްފިއެވެ.

މިއީ މި ޚިދުމަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރި ދެވަނަ ފަހަރެވެ.

އެމްއެމްސީ އިން ކޮށްފައިވާ އިޢުލާނެއްގައި ވަނީ މިއީ އެ ކައުންސިލުން 2023 ވަނަ އަހަރު ހިންގަން ފަށާފައިވާ ސްޓޫޑަންޓް ޖާނަލިޒަމް ވޯކްޝޮޕެއް ކަމަށެވެ. އަދި މި ޚިދުމަތް ބޭނުންވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ރީޓެއިނާގެ އުޞޫލުން ކަމަށެވެ.

އަދި މި ވޯކްޝޮޕްގައި ބައިވެރިވާ ފަރާތްތަކަށް ރީޓެއިނާގެ އުޞޫލުން ކޭޓަރިންގެ ޚިދުމަތް ދޭނެފަރާތެއް ހޯދުމަށް ކުރިން ކުރެވުނު އިޢުލާނުގެ މުއްދަތު ހަމަވިއިރުވެސް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާ ކަމަށެވެ.

އެހެންވެ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި ހިނގާ މޭ މަހުގެ 30 ވާ އަންގާރަ ދުވަހުގެ މެންދުރު 11 ޖެހުމުގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުމަށް އެދޭ ކަމަށް އެމްއެމްސީ އިން ވަނީ ބުނެފައެވެ. އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު 3003995 ނަމްބަރު ފޯނަށް ގުޅައިގެން ސާފު ކުރުމަށް ވެސް ވަނީ އެދިފައެވެ.