English Edition
Dhivehi Edition
ސާނަވީ އިމްތިޙާނުގެ ޤައުމީ ގަދަ ދިހައެއްގެ 2 ވަނައިގައި ހިމެނުނު ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު މަރިޔަމް ހަނާން ވިސާމް އިނާމާއި ހަވާލުވަނީ. ފޮޓޯ: ރައީސް އޮފީސް

2021-2022 ވަނަ އަހަރުގެ ޘާނަވީ ނިންމާ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ޙާޞިލުކުރި ދަރިވަރުންނަށް ދެވޭ “މަތީ އަރުތަވެރީންގެ އިނާމު” ފުވައްމުލައް ސިޓީގެ 4 ސްކޫލަކުން ޖުމުލަ 21 ދަރިވަރަކަށް ލިބިއްޖެއެވެ.

މިމަހުގެ 18 އަދި 19 ވަނަ ދުވަހުގެ ރޭ ބޭއްވުނު އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީގެ ސްކޫލްތަކުން ޘާނަވީ ނިންމައި އިނާމު ހޯދި ދަރިވަރުން ތިރީގައި މިވަނީއެވެ.

2 ވަނަ – މަރިޔަމް ހަނާން ވިސާމް، ޏ.އަތޮޅު ތައުލީމީ މަރުކަޒު
2 ވަނަ – ހަންނާ ހުސެއިން ރަޝީދް، ޏ.އަތޮޅު ތައުލީމީ މަރުކަޒު
3 ވަނަ – އިސްމާއިލް އާކިފް އަހްމަދު ހަބީބް، ޏ.އަތޮޅު ތައުލީމީ މަރުކަޒު
3 ވަނަ – އައިކާ ސިޔާމް މޫސާ، ޏ.އަތޮޅު ތައުލީމީ މަރުކަޒު
4 ވަނަ – އިބްރާހިމް ޒައިނޫން އަލީ އަހުމަދު، ޏ.އަތޮޅު ތައުލީމީ މަރުކަޒު
5 ވަނަ – އަމިނަތު އިމްތާ ހުސައިން، މުހައްމަދު ޖަމާލުއްދީން ސްކޫލް
5 ވަނަ – އައިޝަތު ޝައިސްތާ މަސްއޫދް، ޏ.އަތޮޅު ތައުލީމީ މަރުކަޒު
5 ވަނަ – މުހައްމަދު ޖައުޝަން އިބްރާހިމް، ޏ.އަތޮޅު ތައުލީމީ މަރުކަޒު
6 ވަނަ – އަހްމަދު އާއިން އަލީ، މުހައްމަދު ޖަމާލުއްދީން ސްކޫލް
6 ވަނަ – އާމިނަތު މައީޝާ އަލީ، ޏ.އަތޮޅު ތައުލީމީ މަރުކަޒު
7 ވަނަ – އަބްދުﷲ އަނާން އަލީ، ޏ.އަތޮޅު ތައުލީމީ މަރުކަޒު
7 ވަނަ – އަލީ ޢިޔާން އަރީފް، ޏ.އަތޮޅު ތައުލީމީ މަރުކަޒު
8 ވަނަ – އަމިނަތު ނިހާލް ނާޒިމް، މުހައްމަދު ޖަމާލުއްދީން ސްކޫލް
8 ވަނަ – އާމިނަތު މާޝީ ނާސިދު، ފުވައްމުލަކު ސްކޫލް
9 ވަނަ – އަލީ އަމީމް އަޙުމަދު، ފުވައްމުލަކު ސްކޫލް
9 ވަނަ – ރަމްޝާ ބިންތި މުހައްމަދު، ހާފިޒް އަހުމަދު ސްކޫލް
9 ވަނަ – ފާތިމަތު ސުމާ ހަސަން، ޏ.އަތޮޅު ތައުލީމީ މަރުކަޒު
9 ވަނަ – ފާތިމަތު ނިހާ، މުހައްމަދު ޖަމާލުއްދީން ސްކޫލް
10 ވަނަ – އަހުމަދު އިއްޒު އިލްޔާސް އަބްދުﷲ، ޏ.އަތޮޅު ތައުލީމީ މަރުކަޒު
10 ވަނަ – އައިޝަތު ޔުމީ އަބްދުﷲ، ޏ.އަތޮޅު ތައުލީމީ މަރުކަޒު
10 ވަނަ – އައިޝަތު މައިސަމް ސަނާ ތަސްނީމް ނަސީރު، ޏ.އަތޮޅު ތައުލީމީ މަރުކަޒު

 

މަތީ އަރުތަވެރިންގެ އިނާމު ފުވައްމުލައް ސިޓީގެ ސްކޫލްތަކުގެ ތެރެއިން މިދިޔަ އަހަރު ހޯދައިފައިވާ ދަރިވަރުން ނިސްބަތުން އެންމެ ގިނަ ސްކޫލަކީ ޏ.އަތޮޅު ތައުލީމީ މަރުކަޒެވެ. އެ ސްކޫލުން 14 ދަރިވަރަކު ގަދަ ދިހައެއްގައި ހިމެނިފައިވާއިރު މުހައްމަދު ޖަމާލުއްދީން ސްކޫލުގެ 4 ދަރިވަރަކު އަދި ފުވައްމުލަކު ސްކޫލުގެ 2 ދަރިވަރެއްގެ އިތުރުން ހާފިޒް އަހުމަދު ސްކޫލުގެ 1 ދަރިވަރަކުވަނީ ގަދަ ދިހައެއްގައި ހިމެނިފައެވެ.

މިދިޔަ ދިރާސީ އަހަރު ސާނަވީ އިމްތިޙާން 6360 ދަރިވަރަކު ފުރިހަމަކޮށްފައިވާއިރު ގަދަ ދިހައެއްގައި ހިމެނި މަތީ އަރުތަވެރިންގެ އެވޯޑް 844 ދަރިވަރަކަށްވަނީ ލިބިފައެވެ. އަދި ކޭމްބްރިޖް އިމްތިޙާނުން މުޅި ދުނިޔޭގެ ގަދަ 10 ގައި 11 ދަރިވަރެއްގެ އިތުރުން ކޭމްބްރިޖްގެ ހައި އެޗީވްމެންޓް 6 ދަރިވަރަކުވަނީ ހާޞިލުކޮށްފައެވެ.