English Edition
Dhivehi Edition
ޖަޒީރާ103 އޮޕަރޭޝަނަށް ނުކުމެފައި/ފޮޓޯ އޭއޯނިއުސް ޔޫޝައު

މިފްކޯ މަސްކިރުވުމުގެ މަސައްކަތަށް އަލަށް ގެނައި ބޯޓު ” ޖަޒީރާ 103 ” މަސްކިރަން ފަށައިފިއެވެ.

މިއަދު އިރު އޮއްސުނުއިރު މިބޯޓު އޮޕަރޭޝަނަށް ނުކުތީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތަކާއެކުއެވެ. މިއަދު އެބޯޓަށް ފުރަތަމަ މަސްކިރާފައިވަނީ ފަރެސް މާތޮޑާ ވިލެޖް މެރީން ކިޔާ ދޯންޏަކުންނެވެ.

ޖަޒީރާ103 އޮޕަރޭޝަނަށް ނުކުމެފައި/ފޮޓޯ އޭއޯނިއުސް ޔޫޝައު

މަސްވެރިން ގިނަ ސަރަޙައްދެއްކަމަށްވާ ފަރެސްމާތޮޑާ ހިސާބުގެ މަސްވެރިންނަށް ފަސޭހަކަމާއެކު މަސް ކިރުމުގެ އިންތިޒާމު މި ބޯޓާއެކު ގާއިމް ވެގެން ދާނެއެކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯގެ މަސް ކިރުވުމުގެ މަސައްކަތަށް، އާ ބޯޓެއް ގެނެސްފައި ވަނީ މިމަހުގެ ތެރޭގައެވެ . މި ބޯޓަކީ ދެ ފަރާތުން މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވާބޯޓެކެވެ. ދުވާލަކު 120 މެޓްރިކު ޓަނުގެ މަސް ގަނެ ފިނިކުރެވޭ މިބޯޓުގައި 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވެއެވެ.

މިފްކޯއަށް ދިމާވެފައިވާ މަސް ކިރުވުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މިފްކޯގެ މަސްކިރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް 4 ބޯޓު ގެނައުމަށް ވަނީ ނިންމާފައެވެ. ޖަޒީރާ 103 އަކީ މީގެތެރެއިން ފުރަތަމަ ބޯޓެވެ. މި ބޯޓު ރާއްޖެ އައިސްފައިވަނީ ކޮރެއާއިން ފުރައިގެން 16 ދުވަހުންނެވެ. މިއީ ޖަޕާނުގެ ޕޯލް އެންޑް ލައިން ވެސަލްއެކެވެ. މީގެކުރިންވެސް މިފްކޯއިން ވަނީ މަސްކިރުމަށް މީގެ ބޯޓެއް ބޭނުންކޮށްފައެވެ.

.